ads
ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)-- ފޮޓޯ: ސަން
އެޗްޑީއެފްސީގެ ބޯޑް މެމްބަރުކަމަށް ބޭފުޅަކު އައްޔަނުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑް މެމްބަރުކަމުގެ މަގާމަށް މ.ހަނިފަރު މުހައްމަދު ރަޝީދު އައްޔަނުކުރައްވައިފިކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން ބުނެފިއެވެ.

ޕީސީބީގެ ނިންމުން އާއްމުކޮށް، އެ އިދާރާއިން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ވާގޮތުން އެޗްޑީއެފްސީގެ ބޯޑް މެމްބަރުކަމަށް މުހައްމަދު ރަޝީދު އައްޔަނުކުރެވުނީ ގާނޫނު ނަމްބަރު 3/2013 (ދައުލަތުގެ ވިޔަފާރި ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރުކޮށް އިވަލުއޭޓް ކުރުމުގެ ގާނޫނު)ގެ 12 ވަނަ މާއްދާގެ (ޒ)ގެ 2 ގައިވާ ގޮތުގެ މަތީންނެވެ.

މީގެ އިތުރުން މިމަގާމަށް އައްޔަނު ކުރެވުނު، މުހައްމަދު ރަޝީދު ވަނީ ބެޗެލާސް އޮފް ލޯސް، ޑިޕްލޮޮމާ އިން އެކައުންޓިންގް އަދި ބެޗެލަސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައި ކަމަށް ވެސް ޕީސީބީ ގެ ނޫސްބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

މީގެއިތުރަށް މުހައްމަދު ރަޝީދަކީ، ހުޅުމާލެ ސޯމިލްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނަރަލް މެނޭޖަރު ކަން އަދާކުރައްވަމުން އަންނަ ފަރާތެއްކަމަށާއި، އޭގެ ކުރިން، ޔޫމެޓް ކޮންސްޓްރަކްޝަން ގެ ޖެނެރަލް މެނޭޖަރުކަމާއި، ޓިމްބަ ހައުސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް އަދާކުރައްވާފައިވާކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މުހައްމަދު ރަޝީދު އެޗްޑީއެފްސީގެ ބޯޑް މެމްބަރުކަމަށް އައްޔަނުކުރެވުނީ ކުރިން އެމަގާމުގައި ހުންނެވި، ޅ.ހިންނަވަރު، ލަންދޫގެ، ހާލިދު ސުލައިމާން ގެ  ބަދަލުގައިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް