އިސްލާމިކް މިނިސްޓްރީން ދާދި ދެންމެއަކު ކުރި ޓްވިޓެއްގައި ވިދާޅުވީ މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށެވެ. އަދި އީދުގެ ތަހުނިޔާ ވަނީ ފޮނުއްވާފައެވެ.
މާދަމާއަކީ މިއަހަރުގެ ފިތުރު އީދުކަމަށް ރާއްޖެއިން ކަނޑައެޅިއިރު ސައުދީ ސްޕްރީމް ކޯޓުން ވަނީ މިއަދަކީ ރޯދަ މަހުގެ 29 ވަނަ ދުވަސް ކަމަށް ކަނޑައަޅައި، މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް މީގެ ކުޑައިރުކޮޅެއް ކުރިން ނިންމާފައެވެ.
މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަ ސަރަހައްދެއް ކަނޑައަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ކަނޑައަޅާފައިވަނީ ހުޅުމާލޭގެ ދެ ސަރަހައްދަކާއި މޭލޭގެ ތިން ސަރަހައްދެއް އަދި ވިލިމާލެއިން އެއް ސަރަހައްދެވެ.