ads
މެޑަމް ފަޒްނާ
މެޑަން ފަޒްނާ ބުރުގާ އެޅީމަ މާރީތި ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފި
ރައީސްސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ބުރުގާ އެޅުއްވުމުން އެކަމަނާ މާ ރީތިކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.
Advertisement

މިގޮތަށް ގިނަ ބަޔަކު ބުނަން ފަށާފައިވަނީ މެޑަމް ފަޒްނާ މިއަދު އީދު ނަމާދަށް ވަޑައިގެންނެވިއިރު ބުރުގާއެއް ތުރުކުރައްވައިގެން ހުންނެވުމުންނެނެވެ. 

އެކަމަނާ ވަނީ ބުރުގާއެކު މަގުމަތީގައި އުޅުއްވާ ފޮޓޯތައް މީސްމީޑިއާއަށް ދޫކޮށްލައްވާފައެވެ. 

"ބުރުގާ އެޅުއްވީމާ މާރީތި. މެޑަމް ފަޒްނާ އާއި ފަޒުނާގެ އާއިލާއަށް އީދު މުބާރަކް،" ފަޒްނާގެ ފޮޓޯތަކަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.

ފަޒްނާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ އީދު ނަމާދަށް ވަޑައިގެންފައެވެ.

އީދު ނަމާދަށް ފަހުގައި، ރައީސް ސާލިހު ވަނީ އިސްލާމީ މަރުކަޒަށް އީދު ނަމާދަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނާ އީދު ސަލާން ކުރައްވާފަ އެވެ.

ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް، ފިތުރު އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސް ކުރައްވާކަމަށާއި މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް ވެސް އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރައްވާކަމަށް އީދުގެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.

76%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް