
އުރީދޫން ބުނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކުރެވުނު އާ ދެ އެޑް-އޮން ޕެކަކީ ތިން ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކް އަދި 30 ދުވަހަށް 70 ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކް ކަމަށެވެ.
މި ހާއްސަ އީދު އޮފާ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާ އެކު ގުޅުވާލަދީ މި ބަރަކާތްތެރި މުނާސަބަތުގެ އުފާވެރިކަން ދުރުގައި ތިބޭ ރައްޓެހިންނާއި އާއިލާ އާ ހިއްސާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި 100 ޖީބީ ތިން ދުވަހަށް ލިބޭ ޗުއްޓީ ޕެކް 100 ރުފިޔާއަށް ލިބޭއިރު، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމުގައެވެ.
ޗުއްޓީ ޕެކް އެކްޓިވޭޓް ކުރުމަށް:
- '100 ޖީބީ' ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކޮށްލާ
- *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކޮށްލެވޭނެ
- އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/app ޒިޔާރަތްކޮށްލާ
- ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/chutteepack ޒިޔާރަތްކޮށްލާ
އުރީދޫން ބުނެފައިވަނީ މަގޭ ޕްލޭން 600 ގެ ޕެކުން 30 ދުވަހަށް 70 ޖީބީ 600 ރުފިޔާއަށް ލިބޭއިރު، އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅޭ ފަރާތްތަކަށް ވެސް މި ޕެކް އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ.
މަގޭ ޕްލޭން 600 ޕެކް އެކްޓިވޭޓް ކުރުމަށް:
- މަގޭ ޕްލޭން 600 ޕެކް އުރީދޫ އެޕް http://ore.do/app ނުވަތަ ކުއިކް ޕޭ http://ore.do/magey600 މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ
މަގޭ ޕްލޭން 600 ގެ ޕެކުން 30 ދުވަހަށް 70 ޖީބީ 600 ރުފިޔާއަށް ލިބޭނެ - ފޮޓޯ:އުރީދޫ
މި އޮފާތަކުގެ އިތުރުން އީދު ނަމާދަށް ފަހު ކިންގް ސަލްމާން މިސްކިތުގައި އުރީދޫ އީދު ސައިގެ ނަމުގައި ހާއްސަ ނާސްތާއެއް މާލޭ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާފައިވާ ކަމަށް ވެސް އުރީދޫން ބުނެއެވެ. އޭގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން އީދު ހަދިޔާ ބެހުމަށް ރާވާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށާއި އެންމެހައި ލޮބުވެތި މުސްލިމް އަހުންނާއި އުހްތުންނަށް ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ އެ ކުންފުނިން ފޮނުވައެވެ.