އެކަން އެނގޭ އޮފިޝަލަކު ވިދާޅުވީ ކަރުދާސް ހުސްވެފައި ހުރުމުން ވެހިކަލް ރެޖިސްޓްރީ ޕްރިންޓް ނުކުރެވޭތާ ދުވަސްތަކެއް ވެއްޖެ ކަމަށް ސީއެންއެމްގައި ރިޕޯޓްކުރި ހަބަރާއި ގުޅިގެން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ، ކަރުދާސް ހުސްވުމުގެ މައްސަލަ ކުރިމަތިވެފައި ނުވާކަމަށެވެ.
އަދި ވެހިކަލް ރެޖިސްޓްރީ ޕްރިންޓް ކުރުމަށް ބޭނުންވަ ކަރުދާސް މިހާރުވެސް ހުރިކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
އަލީ ސޯލިހް ވިދާޅުވީ ރަށެއްގައި ހުންނަ އައުޓްކެޓަކުން ކަރުދާސް ހުސްވެ، ރެޖިސްޓްރީ ޕްރިންޓް ކުރުމަށް ދަތިތަކެއް ދިމާވެއްޖެ ހާލަތެއްގައިވެސް މާލެއިން ވަގުތުން ރެޖިސްޓްރީ ޕްރިންޓްކޮށްފައި ދޭނެކަމަށެވެ.