
ރާއްޖެއިން އެނބުރި ގައުމަަށް ދިޔަ ފްލައިޓެއްގައި ހިނގި ހިތާމަވެރި ތަޖުރިބާގެ ތަފްސީލު ދެއްވަމުން ބިލީ ބުނީ އެއީ، “އަހަރެންނަށް ފެނުނު ބިރުވެރި ހުވަފެން" ކަމަށެވެ.
ވިޔަފާރިވެރިޔާ ގްރެގް ޝެފަރޑް އާއި ކައިވެނިކޮށްގެން އުޅޭ ދަ އޮންލީ ވޭ އިޒް އެސެކްސްގެ ކުރީގެ ތަރި ތިން ވަނަ ފަހަރަށް މަންމައަކަށް ވެފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ކޮއްކޮ ސޭމް ފޭއާސް އާއި އެކު ދަ ސޭމް އެންޑް ބިލީ ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން އޭނާ ސިފަކޮށްފައި ވަނީ ތުއްތު މާގޮޓް ޗުއްޓީއަށް ގެންދިއުމަކީ "ބުރަކަމެއް" ގެ ގޮތުގައެވެ.
މާގޯޓްގެ އުމުރުން އެންމެ ފަސް މަސް ނަމަވެސް، މީގެ ކުރިން ވެސް ރާއްޖެ އާއި ދުބާއީ އަށް ދަތުރުތަކެއް ކޮށްފައިވެ އެވެ. ކުޑަ ތުއްތު ކުއްޖަކު ދިގު ދަތުރުތަކުގައި ގެންދިއުމަކީ ކިހިނެއް ވާނެ ކަމެއްތޯ ސުވާލު ކުރުމުން ބިލީ ބުނީ އެއީ ‘އިންޓެންސް’ ކަމެއް ކަމަށެވެ.
އަދި ބޯޓުގައި ތުއްތު ކުދިންނަށް އެކަށީގެންވާ އެނދު ނުވަތަ ބެސިނެޓް ނެތް ކަމަށް ބުނެ ބޯޓު ކުންފުނިތަކަށް ހޫނު ފެނަަށް ވައްޓާލިއެވެ.
އޭނާ އެންމެ ފަހުން ރާއްޖެއިން އިނގިރޭސި ވިލާތަށް ދަތުރުކުރި މަތިންދާ ބޯޓުގައި ހުރި ހަމައެކަނި ބެސިނެޓް ފަޅައިގެން ދިޔައިރު 12 ގަޑިއިރު ވަންދެން މާގޯޓް އުރައިގެން އިންނަން ޖެހުނު ކަމަށް ބުންޏެވެ.
އޭނާ އާއި މާގޯޓް އަށް އިތުރު ޖާގަ ލިބޭނެ އެހެން ގޮނޑިއަކަށް ބަދަލުވެވޭތޯ ސުވާލު ކުރި ނަމަވެސް ފްލައިޓް އެޓެންޑެންޓުން ދެކޮޅު ހެދިކަމަށް އޭނާ ބުންޏެވެ.
ބިލީ ބުނިގޮތުން އޭނާ އުރައިގެން އިން ދަރިފުޅު ފަސް ފަހަރު އެ ފްލައިޓުގައި ބޮޑުކަމު ވެސް ދިޔަކަމަށެވެ. ނަމަވެސް ފްލައިޓްގެ މުވައްޒަފުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނުކަމަށް އޭނާ ބުންޏެވެ.
އޭނާ ރާއްޖޭގައި ޗުއްޓީހޭދަ ކުރުމަށްފަހު އެނބުރި ގައުމަށްކުރި ދަތުރުވީ "ބިރުވެރި ހުވަފެނެއް" ނުވަތަ "ނައިޓްމެއާ" އެއްކަމަށް އޭނާ ބުނެއެވެ.