ads
ނަޑާލް
އަލުން ކުޅެވޭނެ ދުވަހެއް އަދި ނޭނގޭ: ނަޑާލް
އުނަގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ އިރެއް ބުނަން ނޭނގޭ ކަމަށް ޓެނިސް ކުޅުންތެރިޔާ، ރަފައެލް ނަޑާލް ބުނެފި އެވެ.

ނަޑާލްގެ އުނަގަނޑަށް އަނިޔާވީ އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުގައި އެމެރިކާގެ މެކްކެންޒީ މެކްޑޮނާލްޑް އަތުން ބަލިވި މެޗުގަ އެވެ. 

އޭރުގެ މެޑިކަލް ރިޕޯޓްތަކާ ހަވާލާދީ ރިޕޯޓްތައް ދޮޅު މަސް ނުވަތަ ދެ މަސް ފަހުން އަލުން ކުޅެވޭނެ ކަމަށެވެ. އެކަމަކު ޖެނުއަރީ 18 ގެ ފަހުން ނަޑާލް އަދި މެޗަކުން ނުފެނެ އެވެ.

އަނިޔާއިން ރަނގަޅުވެ އަލުން އެނބުރި ކުޅުމަށް އާދެވޭނެ ދުވަހެއް ނޭގޭ ކަމަށް ނަޑާލް ބުނެފައިވާއިރު އަންނަ ހަފްތާގައި ފަށާ މެޑްރިޑް އޯޕަންގައި ނަޑާލް ނުފެންނާކަން އޭނާވޏީ އިއުލާންކޮށްފައެވެ. އަދި އަންނަ މަހު ކުޅޭ ފްރެންޗް އޯޕަންގައި ވެސް ނަޑާލް ފެނުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަޑާލަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ނަޑާލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ ތާރީހުގައި 14 ވަނަ ފަހަރަށް ތަށި ހޯދާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް