ads
ކޮއްކޮމެންގެ އީދުގައި ބައިވެރިވި ކުދިންނަށް ހަދިޔާ ދެނީ. -- ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ
ކޮއްކޮމެންގެ އީދު ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފި
ހޯމް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން މަސައްކަތް ކުރަމުން އަންނަ ޔޫތް ލީޑާސް ނެޓްވޯކް (ވައިއެލްއެން) އިން އިސް ނަގައިގެން ކުރިއަށް ގެންދިޔަ "ކޮއްކޮމެންގެ އީދު 1444" ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މި ހަރަކާތް މިއަހަރު ކުރިއަށް ގެންގޮސްފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ. އިއްޔެ ހަވީރު 16:00 ފެއްޓި މި ކުޑަ ކުދިންގެ ހަވީރުގައި ކުޑަ ކުދިންނަށް އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.

ވައިއެލްއެންއިން ސީއެންއެމްއަށް މައުލޫމާތުދިން ގޮތުގައި ކޮއްކޮމެންގެ އީދަކީ މާލޭގައި ދިރިއުޅެމުންދާ ކުޑަ ކުދިންނަށް އީދުގައި ގޭގައި ނުތިބެ މަޖާ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެކެވެ.

މިއަހަރުގެ ކޮއްކޮމެންގެ އީދުގައިވެސް މިދިޔަ އަހަރެކޭ އެއްފަދައިން އެކި ކޮލެޖް ޔުނިވާސިޓީތަކުން ވަނީ ސްޓޯލްތައް ހަދާ އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ.

މީގެ އިތުރުން އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ދިރާގުންވެސް ވަނީ އާރްޓިފިޝަލް ބީޗުގައި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ބޮޑުބެރު ގްރޫޕުން ވަނީ ކޮއްކޮމެންގެ އީދު ނިމެންދެން އާޓިފިޝަލް ބީޗުގައި ބޮޑުބެރު ޖަހާފަ އެވެ.

ހޯމް މިނިސްޓްރީން އަންނަނީ މާލެ އެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ކޮއްކޮމެންގެ އީދު ހަރަކާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް