ads
ފޭސްބުކް
ފޭސްބުކް ބޭނުންކުރާ މީހުންނަށް 11 ބިލިއަން ބަހަން ތައްޔާރުވެއްޖެ
ފޭސްބުކުން ހިނގި ޑޭޓާ ބްރީޗެއްގައި ޖޫރިމަނާގެ ގޮތުގައި ފޭސްބުކް ބޭނުންކުރާ މީހުންނަށް ބެހުމަށް އެންގި 725 މިލިއަން ޑޮލަރު (11,128,750,000 ރުފިޔާ)ގެ ޝެއާގައި ބައިވެެރިވުމުގެ ފުރުސަތު ދުވަހަކުވެސް ފޭސްބުކް ބޭނުންކުރިނަމަ އަދި މިހާރު ފޭސްބުކް ބޭނުންކުރާ މީހުންނަށް ހުޅުވާލައިފިއެވެ.

މީގެ ފަސް އަހަރު ކުރިން ފޭސްބުކްގައި ޕްރައިވެސީގެ ބޮޑު މައްސަލައެއް ފެންމަތިވީ ސޯޝަލް މީޑިއާ ޖަޔަންޓް ކެމްބްރިޖް އެނަލިޓިކާ އިން ޕާސަނަލިޓީ ޓެސްޓްގެ ގޮތުގައި ހެދިފައިވާ ޕޭޑް އިޝްތިހާރުތަކެއް މެދުވެރިކޮށް އެމެރިކާގެ ޔޫޒަރުންގެ ޑޭޓާ މައިން ކުރުމުގެ ހުއްދަ ދިންކަން ދުނިޔެއަށް ހާމަކުރުމުންނެވެ. 

މިހާތަނަށް ހިނގި އެންމެ ބޮޑު ޕްރައިވެސީ ކްލާސް އެކްޝަން ދައުވާގެ ގޮތުގައި ސެޓްލް ވުމަށް ފަހު، 725 މިލިއަން ޑޮލަރުގެ ތެރެއިން އެމީހެއްގެ ބައި ކްލޭމް ކުރެވޭނެ އެވެ. މި ފަައިސާ ހޯދުމަށް ރެޖިސްޓާކުރުމަށް ފޭސްބުކުން ދީފައިވާ އިރުޝާދުތައް ފޮލޯކުރައްވާށެވެ.

ކެމްބްރިޖް އެނަލިޓިކާގެ މައްސަލައިގެ ތެރެއިން އެމެރިކާގެ 87 މިލިއަނާ ހަމައަށް ފޭސްބުކް އެކައުންޓްތަކުގެ ޕާސަނަލް ޑޭޓާ ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް ބެލެވެ އެވެ. އެކަން ހާމަވިތާ މާގިނަ ދުވަސްތަކެއް ނުވެ ކެމްބްރިޖް އެނަލިޓިކާ އިން ވަނީ ބަނގުރޫޓޫވެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފޭސްބުކުން ވަނީ ފެޑެރަލް ޓްރޭޑް ކޮމިޝަނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޖޫރިމަނާ - ފަސް ބިލިއަން ޑޮލަރު - ދެއްކުމުގެ އިތުރުން ޑޭޓާ ބޭނުންކުރުމާ ގުޅިގެން އިންވެސްޓަރުން އޮޅުވާލި ކަމަށް ބުނެ އެސްއީސީއަށް އިތުރު 100 މިލިއަން ޑޮލަރު ދައްކާފަ އެވެ.

ޑިސެމްބަރު 2022 ގައި ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅިގެން ކްލާސް އެކްޝަން ދައުވާ ނިމުނުއިރު، ޕްރައިވެސީ މައްސަލައަކަށް އެމެރިކާގައި މިހާތަނަށް ދެއްކި އެންމެ ބޮޑު ޖޫރިމަނާއެވެ. 

 

78%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް