ads
ނަޑާލް އަދި ޖޮކޮވިޗް
އަނިޔާގެ ސަބަބުން މެޑްރިޑް އޯޕަންގައި ޖޮކޮވިޗްވެސް ނުކުޅޭ
މިއަދު ފަށާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި އަނިޔާގެ ސަބަބުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ނުކުޅޭނެއެވެ.

ދުނިޔޭގެ އެއްވަނައަށް މި ވަގުތު ރޭންކް ކުރެވިފައިވާ ޖޯކޮވިޗްގެ މެޑްރިޑް އޯޕަންގައި ނުކުޅޭކަން އިއުލާންކޮށްފައިވާއިރު، އޭނާގެ ކަނާތު އުޅަނބޮއްޓަށް އަނިޔާވެގެން އުޅޭތާ މިހާރު ދުވަސްކޮޅެއްވަނީ ވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޖޯކޮވިޗް އެންމެ ފަހުން ކުޅުނު ދެމުބާރާތުގައިވެސް ކުޅެފައިވަނީ އެ އަނިޔާ އާއެކުގަވެ.

މެޑްރިޑް އޯޕަންގައި ނުކުޅުނު ނަމަވެސް އަންނަ މަހު ފަހުކޮޅު އޮންނަ ފްރެންޗް އޯޕަން މުބާރާތަށް ޖޮކޮވިޗް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ މުޅިން ރިކޯޑެއް އޭނާއަށް ގާއިމް ކުރެވިގެންދާނެއެވެ. 

މިވަގުތު 22 ގްރޭން ސްލޭމްއާއެކު ޖޯކޮވިޗް އާއި ރަފައެލް ނަޑާލް ވަނީ އެއްވަރުވެފައެވެ. މިފަހަރުގެ މެޑްރިޑް އޯޕަންއިން ނުކުޅޭނެކަން ނަޑާލްވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މެޑްރިޑް އޯޕަންގައި ނަޑާލް ނުކުޅެނީ އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ނަޑާލްގެ އުނަގަނޑަށް އަނިޔާވީ އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުގައި އެމެރިކާގެ މެކްކެންޒީ މެކްޑޮނާލްޑް އަތުން ބަލިވި މެޗުގަ އެވެ. އޭރުގެ މެޑިކަލް ރިޕޯޓްތަކާ ހަވާލާދީ ރިޕޯޓްތައް ދޮޅު މަސް ނުވަތަ ދެ މަސް ފަހުން އަލުން ކުޅެވޭނެ ކަމަށެވެ. އެކަމަކު ޖެނުއަރީ 18 ގެ ފަހުން ނަޑާލް އަދި މެޗަކުން ނުފެނެ އެވެ. 

ނަޑާލަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ނަޑާލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ ތާރީހުގައި 14 ވަނަ ފަހަރަށް ތަށި ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް