ads
އިންޑިއާ - ކޮވިޑް-19ގެ ހާލަތު
މަރުވުމުގެ ފުރުސަތު ބޮޑު، ނުރައްކާތެރި ވޭރިއަންޓެއް ފެތުރެނީ
އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު، އާ ކޯވިޑް ސްޓްރޭންއެއްގެ ސަބަބުން ދުނިޔޭގައި ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.
Advertisement

ދިރާސާތަކުން ދައްކާ ގޮތުގައި އަލަށް ފެތުރެން ފެށި "އާކްޓޫރަސް" ވޭރިއަންޓް އަކީ އެންމެ ފަހުގެ ބޮޑު ސަބް ވެރިއަންޓަށް ވުރެ އެއް 1.2 ގުނަ އިތުރަށް ބަލިޖެހޭ އެއްޗަކަށް ވެދާނެ އެވެ.

މި ވޭރިއަންޓު އިނގިރޭސި ވިލާތުން ފެނިފައިވާއިރު، މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. 

މި ވޭރިއަންޓަކީ ދާދިފަހުން ފެތުރުނު "އޮމައިކްރޮން" ވޭރިއަންޓުގެ ސަބް ވޭރިއަންޓެކެވެ. ސައިންސުވެރިން މި ވޭރިއަންޓަށް "އެކްސްބީބީ.1.16" ގެ ނަމުން ވެސް މުހާތަބު ކުރެއެވެ. 

މި ސްޓްރޭން އެންމެ ފުރަތަމަ ދެނެގަނެވުނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން 22 މާޗް އިން ފެށިގެން އަންނަނީ މި ވޭރިއަންޓު ނުވަތަ ސްޓްރެއިން މޮނިޓާ ކުރަމުންނެވެ. 

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އާކްޓޫރަސް" އުފެދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ކޮވިޑް ޑޮކްޓަރު، ޑރ. މާރިއާ ވެން ކެރްޚޯވް ވިދާޅުވެފައިވަނީ މިއީ، ލެބް ދިރާސާތަކުން ދައްކާ ގޮތުގައި، އިންފެކްޓުވުމުގެ ފުރުސަތު ބޮޑު ނުރައްކާވެސް ބޮޑު ވޭރިއަންޓެކެވެ. 

އަވަހަށް ފަރުވާ ނުހޯދައިފި ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިންތިހާއަށް ބޮޑު މިވޭރިއަންޓް މިހާތަނަށް އިނގިރޭސިވިލާތް، އެމެރިކާ، އިންޑިއާ، ޗައިނާ ހިމެނޭ ގޮތަށް 22 ގައުމަކުން ފެނިފައިވެ އެވެ.

އިންޑިއާގައި އެގައުމުގެ ހެލްތު މިނިސްޓްރީން 12 އޭޕްރީލްގައި 40،215 އެކްޓިވް ކޯވިޑް ކޭސް ރިޕޯޓްކޮށްފައިވާއިރު، އެންމެ ދުވަހެއްގެ ތެރޭގައި 3،122 މީހުން އިތުރުވެފައިވާއިރު، ބައެއް ސްޓޭޓްތަކުގައި  މިހާރުވަނީ ފޭސް މާސްކް އެޅުން މަޖުބޫރުކޮށްފައެވެ. 

ދެހާސް އެކާވީސް ވަނަ އަހަރު އިންޑިއާގައި ޑެލްޓާ ރާޅުގެ ސަބަބުން ބޮޑު ކާރިސާއަކާއި ކުރިމަތިވިއިރު، ޖުމްލަ 4.7 މިލިއަން މީހުން މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ އަންދާޒާތަކުން ދައްކަ އެވެ.

15%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
51%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް