ads
މީގެކުރިން ލައިސަންސް ނަގާ ސަރަހައްދުގައި ބަޔަކު ސައިކަލު ލައިސަންސް ނެގުމަށް ފަރިތަކުރަނީ
ޕޯޓަލް މެދުވެރިކޮށް ޓްރާންސްޕޯޓަށް 25000 އެޕްލިކޭޝަން
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ފޯރުކޮށް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލްކޮށް ތައާރަފްކުރި ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް 25000 އެޕްލިކޭޝަނަށް ހިދުމަތް ދެއްވާފައިވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

މިއީ އަލަށް ތައާރަފް ކުރެވުނު ޕޯޓަލަކަށް ވުމުން ބައެއް ހާލަތްތަކުގައި އެކިއެކި ދަތިތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ނަމވެސް ދިމާވާ މައްސަލަތައް މަސައްކަތް ކުރާކަމަށް އެމިނިސްޓްރީން ބުނެއެވެ.

އަދި ޕޯޓަލް ބޭނުން ކުރުމުގައި މައްސަލައެއް ދިމާވެއްޖެނަމަ އެ މިނިސްޓްރީއަށް ހިއްސާކުރެއްވުމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން އެދެއެވެ.

ސިމްސް ޕޯޓަލަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގު ފަހިކުރުމަށް ތައާރަފްކުރި ޕޯޓަލެކެވެ. 

ކޮމްމެ މީހެއްގެވެސް އީ ފާސް އެކައުންޓް ބޭނުންކޮށްގެން މި ޕޯޓަލްގެ ހިދުމަތް ހޯދޭނެއެވެ.

"އޭ" ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކުންވެސް މި ހިދުމަތް ދޭން މިހާރު ފަށާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް