ads
ހެއްކާއިބެހޭ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން
ހެއްކާ ބެހޭ ގާނޫނުގެ އިސްލާހު ފާހެއްނުވި، އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު" އަށް އާންމުންގެ ހިޔާލު ހޯދުމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ މިބިލަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުއްވައިލައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ޚިޔާލު ހުށައަޅަންވާނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ކަމަށެވެ.

މަސައްކަތުގެ މާޙައުލުގެ ޞިއްޙީ ރައްކާތެރިކަމުގެ ބިލު ހުށަހަޅުއްވައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވެވި ޖަލްސާގައި ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ އެވެ. މި ބިލަކީ މަސައްކަތްތެރިން މަަސައްކަތްކުރާ މާޙައުލުގެ ސަލާމަތްތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ޙަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހަމަހަމަ އަދި ދެމެހެއްޓެވި ނިޒާމެއް ޤާއިމްކޮށްދޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމުގެ މަޤްޞަދުގައި ހުށައަޅުއްވައިފައިވާ ބިލެކެވެ.

މި ބިލުގައި، މަސައްކަތްތެރިންނާއި މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވާރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލެއް އެކުލަވައިލަންވާނެ ކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް