ads
ސުޕަނޯވާއެއްގެ އަސަރު ދުނިޔެއަށް ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
ތަރިތަކެއް ގޮވައިގެން ދުނިޔޭގެ ދިރުންތައް ނެތިދާނެ: ސައިންސުވެރިން
ދުނިޔެއާއި މާ ދުރުނޫން ހިސާބެއްގައި ތަރިތަކެއް ގޮވައިގެން އުފެދޭ 'ސުޕަނޯވާ' ގެ އަސަރު ދުނިޔެއަށްކޮށް، ދުނިޔެގެ ނެތިގެން ގޮސްދާނެކަމަށް ޖައްވީކަންކަން ދިރާސާ ކުރާ ތަޖުރިބާކާރު ސައިންސުވެރިންގެ ޓީމަކުން ނެރުނު ޖާނަލްއެއްގައި ބުނެފިއެވެ.

"ޑީޓީޔޫ ސްޕޭސް" ގެ ފަރާތުން ނެރުނު "އިކޮލޮޖީ އެންޑް އިވޮލޫޝަންގައި" މި ހަފްތާގައި ޝާއިއުކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި ތަރިތައް ގޮވުމުން ފާއިތުވި 500 މިލިއަން އަހަރު ތެރޭގައި ކަނޑުގެ ދިރުންތަކުގެ ތަފާތުކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ.

މިގޮތުން އެ ޓީމުން ވަނީ 'ސުޕަނޯވާތަކާ' ދުނިޔޭގެ ދިރުމާއި ހުރި ގުޅުމާއި ގުޅޭގޮތުން ދިރާސާކޮށްފައެވެ. އެގޮތުން އެމީހުންގެ ދިރާސާއިން ދައްކާގޮތުން މިގޮތައް ތަރިއެއް ގޮވާ ކޮންމެފަހަރަކު އޭގެ ރޭޑިއޭޝަނުގެ ސަބަބުން ދުނިޔޭގެ ދިރުންތަކަށް އަސަރުކުރެއެވެ. އެގޮތުން އެންމެ ބޮޑު އަަސަރެއްކުރަނީ ކަނޑުގައި ދިރިއުޅޭ ޖަނަވާރުތަކަށެވެ. 

"ސުޕަނޯވާގެ އަސަރު ދުނިޔެއަށް ކުރުމުން ހަމައެކަނި ކަނޑުގެ ދިރުންތައް ނެތިދާނީއެއް ނޫން. މޫސުމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ. ބޮޑެތި ތޫފާނުތައް އުފެދި އެއްގަމުގައި ދިރިއުޅޭ ތަކެއްޗަށް ވެސް އަަސަރުކުރާނެ،" ޑީޓީޔޫ ސްޕޭސްގެ ސީނިއާ ރިސާޗަރު ހެންރިކް ސްވެންސްމާކް ވިދާޅުވެފައިވެއެވެ.

ތަރިތައް ގޮވުމުން އުފެދޭ 'ސުޕަނޯވާ'ގެ ސަބަބުން ދުނިޔެއަށް ބޮޑެތި ކާރިސާތަކެއް ދިމާވުމަކީ ހިނގާކަމެއް ނަމަވެސް، ވަރަށް ދުރު ހިސާބުތަކުން ތަރިތައް ގޮވުމުން އޭގެ ފައިދާވެސް ދުނިޔެއަށް ކުރާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން ދުނިޔޭގައި ހުރި ދަނގަޑަކީވެސް މިފަދަ ގޮވުންތަކުގެ ސަބަބުން އައި ތަކެތި ކަމަށާއި، އެތަކެއްޗަކީ ދުނިޔޭގެ ވައިގެ ފަށަލަ ބެލެހެއްޓުމުގައި އަދި ދުނިޔޭގައި ތަފާތު ދިރުންތައް އުފެދުމުގައި ވެސް ބޭނުންތަކެތި ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. 

28%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
34%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް