ސްޓެލްކޯއިން ބުނީ ފުލިދޫގެ 'ބީ ފީޑާ' އަށް ދިމާވި މައްސަލަ ހައްލުކޮށް، އެ ރަށުން ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ދިމާވެދާނެ ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަނބުރާ ދިނުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ފުލިދޫއިން ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ ސްޓެލްކޯއިން ވަނީ ހައްލުކޮށްފައި - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އަލުން ހިދުމަތް ދިނުމަށް، ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ވަގުތަށް ކުރަމުން ގެންދާނެ ކަމުގައެވެ. ސްޓެލްކޯއިން ބުނީ އެ ފަދަ ކަންކަން ދިމާވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުންދާނެ ކަމަށެވެ.