ads
ސަލްމާން ހާން
ނާސަރީ ލަވަތަކަށް ސަލްމާން ނަށާތީ ގިނަބަޔަކު ރަތަށް
ސަލްމާން ހާންގެ އެނެމް ފަހުގެ ފިލްމު "ކިސީ ކާ ބައި ކިސީ ކީ ޖާން" ގެ ލަވަ "ލެޓްސް ޑާންސް ޗޯޓޫ މޮޓޫ" އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.
Advertisement

މި ލަވައަށް ފާޑިކިޔަން ފަށާފައިވަނިކޮށް އިންޑިއާގެ ޗައިލްޑްހޫޑް އެސޯސިއޭޝަން (އީސީއޭ) އިން އޯޕަން ލެޓަރއެއް ނެރި ވަނީ މި ފާޑުކިއުންތަކުގައި ހުޅު ރޯކޮށްލާފައެވެ.

މިގޮތުން އެ އެސޯސިއޭޝަނުން ބުނެފައިވަނީ އެ ލަވައަކީ "ނާސަރީ ލަވަތައް" ހިމަނައިގެން އެއްވެސް މާނައެއް ނެތް ގޮތައް ހަދާފަައިވާ ލަަވައެއް ކަމަށެވެ. 

"ލެޓްސް ޑާންސް ޗޯޓޫ މޮޓޫ" ލަވައިގައި، "ޓްވިންކަލް ޓްވިންކަލް ލިޓްލް ސްޓާ"، "ޖެކް އެންޑް ޖިލް" އަދި "ހަމްޕްޓީ ޑަމްޕްޓީ " ފަދަ ގިނަ އަދަދެއްގެ ނާސަރީ ރައިމްސް ބޭނުންކޮށްފައިވެއެވެ. 

ނާސަރީ ރައިމްތަކާއި ރެޕް ބައިތައް އާދަޔާ ހިލާފަށް އެއްކޮށް ކޮށާލާފައިވާ މި ލަވައިގައި، ރެޕް ބައިތައް ކިޔާފައިވަނީ ޔޯ ޔޯ ހަނީ ސިންގް އާއި ނޭހާ ބާސިން އެވެ.

އާލީ ޗައިލްޑްހޫޑް އެސޯސިއޭޝަން (އީސީއޭ) އިން މިހާރު ވަނީ އޯޕަން ލެޓަރެއް ނެރެ، ފިލްމު ކިސީ ކާ ބައި ކިސީ ކީ ޖާންގެ ލަވަ ލެޓްސް ޑާންސް ޗޯޓޫ މޮޓޫގައި ނާސަރީ ރައިމްސް ބޭނުން ކުރުމަށް ފާޑުކިޔާފައިވާއިރު، ފިލްމީ ދާއިރާއިން ކުޑަކުދިންގެ ކޮންޓެންޓު ބޭނުންކުރާއިރު ސަމާލުވާންޖެހޭނެކަމަށް ބުނެފައެވެ. 

"ސްކޫލްތަކުން ވެސް މި ބުއްދިއެއް ނެތް އަދި މާނައެއް ނެތް ލަވަތަކާ ދުރަށް ދާން މަސައްކަތް ކުރާ ދަނޑިވަޅެއްގައި މިއޮތީ އަނެއްކާވެސް އެ ލަވަތައް އިތުރަށް ބޭނުންކުރާން ފުރުސަތެއް ފިލްމަކުން ފަހިކޮށްދީފަ. ސަލްމާން ހާން އަކީ ކުޑަކުދިންގެ ތެރޭގައި ވަރަށް ބޮޑު ފޭން ފޮލޯވަރުން ގެންގުޅޭ މީހެއް. މާނައަކީ މި ލަވަތައް ދަރިންނަށް ކާންދޭއިރު އަދި އުފަންދުވަހުގެ ޕާޓީތަކުގައި ވެސް ދެން ބޭނުންކުރާނެ” އާލީ ޗައިލްޑްހޫޑް އެސޯސިއޭޝަންގެ ރައީސް ޑރ ސްވާތީ ޕޮޕަޓް ވަޓްސްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މި އަމަލުގެ ސަބަބުން، މިިއުޒީޝަނުންގެ އަގުވެސް ވެއްޓިފައިވާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. 

"އަޅުގަނޑަކަށް ހިއެއް ނުވޭ މި ލަވަކިޔުންތެރިންނާއި މިއުޒިކް ޑައިރެކްޓަރުންނަށް މި ރައިމްތަކަކީ ހަގީގަތުގައި ނާސަރީ ރައިމްތަކެއް ވެސް ނޫންކަން އެނގޭނެ. އެއީ ހަގީގަތުގައި ވާދަވެރިންނާއި ރަސްރަސްކަލުންނަށް ކޮމެންޓް ކުރުމަށް ބޭނުންކުރާ ހަޖޫގެ ލަވަތަކެއްކަން. މިސާލަކަށް ހަމްޕްޓީ ޑަމްޕްޓީ އަކީ ގުދެއްލާފައިވާ ރަސްކަލަކަށް ހަޖޫޖަހަން ކިޔާފަ އޮތް ލަަވައެއް. އެއީ ކިންގް ރިޗާޑް ތިންވަނަ އާއި ބެހޭ ލަވައެއް 1485 ވަނަ އަހަރު ކުރި ހަނގުރާމައަކުން ބަލިވެގެން މަލާމަތްކުރަން ކީ ލަވައެއް." -ޑރ ސްވާތީ ޕޮޕަޓް ވަޓްސް-

"ކިސީ ކާ ބައި ކިސީ ކީ ޖާން" ގެ ކާސްޓުންގެ ތެރޭގައި ވެންކަޓޭޝް، ޕޫޖާ ހެގްޑޭ، ޖަގަޕަތީ ބާބޫ، ޖަސީ ގިލް، ރާގަވް ޖުޔާލް، ސިދާތު ނިގަމް، ބުމިކާ ޗަވްލާ، ބަގްޔާޝްރީ، ޝެހެނާޒް ގިލް، ވިޖެންޑާ ސިންގް އަދި ޕަލަކް ޓިވާރީ ވެސް ފެނިގެންދެ އެވެ.

އޭޕްރީލް 21 ވަނަ ދުވަހު ސިނަމާތަކަށް ރިލީޒްކުރި މި ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 84.84 ކްރޯޑް ކްރޯޑް ރުޕީޒް މިހާރު ވަނީ ހޯދާފައެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް