ads
އާމިރު ހާން އަދި މޯދީ
އާމިރު ހާން އާއި މޯދީ އެކީގައި ރޭޑިއޯ ޝޯއަކަށް
ބޮލީވުޑުގެ ސުޕަ ސްޓާ އާމިރު ހާން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކީގައި ރޭޑިއޯޝޯއްގައި ބައިވެރިވާން ނިންމަވައިފިއެވެ.
Advertisement

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އާމިރު ހާން އާއި ރަވީނާ ޓަންޑަން ޝޯގެ 100 ވަނަ އެޕިސޯޑް ނިމުމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަހުން މަހަށް އެ ރޭޑިއޯ ޓޯކް ޝޯ "މާން ކީ ބާތު" ކޮންކްލޭވްގައި ބައިވެރިވާނެ އެވެ.

މޯދީގެ ފުރަތަމަ ޝޯ ރެކޯޑުއެކަމަށްޓަކައި އާމިރު ހާން މިހާރު ވަނީ ނިއުދިއްލީއަށް ގޮސްފައެވެ. 

އިންޑިއަން އެކްސްޕްރެސް އިން ބުނާ ގޮތުގައި ޕްރޮގްރާމް ރެކޯޑުކުރަން އާމިރު ހާން އާއެކު ދިޔަ ޓީމުން ނިއުދިއްލާގައި އޮތް ރަސްމީ ހަަރަކާތެއްގައި ވެސް ބައިވެރިވާނެއެވެ. އެ އިވެންޓުގައި ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހާއި ރޭލްވޭސް މިނިސްޓަރު އަޝްވިނީ ވައިޝްނާވް އަދި އެމްއޯއެސް ފޯ ފިނޭންސް ޕަންކަޖް ޗައުދަރީ ބައިވެރިވާނެ އެވެ. މި ހަރަކާތް ފައްޓަވައިދެއްވާނީ ނައިބު ރައީސް ޖަގްދީޕް ދަންކަރް އެވެ. ޝަރަފުވެރި މެހެމާނަކަށް ވާނީ އައި އެންޑް ބީ މިނިސްޓަރު އަނުރާގް ތާކޫރެވެ.

އާމިރު ހާން އެންމެ ފަހުން ފެނިފައިވަނީ ފޮރެސްޓް ގަމްޕްގެ ހިންދީ އެޑެޕްޓޭޝަން، "ލާލް ސިންގް ޗައްދާ" އިންނެވެ. އެއީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ފިލްމެކެވެ. ރަވީނާ ޓަންޑަން އެންމެ ފަހުން ފެނިފައިވަނީ "ކޭޖީއެފް – ޗެޕްޓާ 2" އިންނެވެ.

މޯދީ އާއި އާމިރު ހާން އެކުގައި ފެނުން ހާއްސަވަނީ 'ލާލް ސިންގް ޗައްދާ' އަށްފަހު، އިންޑިއާގެ ގައުމީ ޖޯޝު ހުރި މީހުން ވަރަށްބޮޑަށް އާމިރުހާން އަށް ފާޑުކިޔަން ފަށާފައިވާތީއެވެ. އޭގެ ތެރޭގައި އިސްކޮށް މޯދީގެ ބީޖޭޕީ ޕާޓީގެ ފާހަގަކޮށްލެވޭ ބޭފުޅުން ވެސް ހިމެނެއެވެ. 

އެ ފިލްމަށްފަހު ކުރިމަތިވި ނުރައްކާތަކާއެކު އާމިރު ހާން އޭނާގެ އާއިލާ ވެސް އިންޑިއާއިން ފުރުވާލިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް