އާލިއާ އިންޑިއާގެ ބައެއް ނޫސްތަކާ ވާހަކަ ދައްކަމުން ބުނީ، ރަންވިރުގެ ނާޒުކު ކަން އެމީހުންނަށް ދަރިއެއް ލިބުނު ފަހުން އިތުރުވެފައިވާކަމަށެވެ.
އާލިއާއާއި ރަންބީރަށް ވަނީ މިދިޔަ އަހަރު ނޮވެންބަރު 6 ވަނަ ދުވަހު އަންހެން ކުއްޖަކު ލިބިފައެވެ. އެ ކުއްޖާގެ ނަމަކީ ރަހާ ކަޕޫރު އެވެ.
އާލިއާ ބުނީ ރަންބީރަކީ އެންޒައިޓީ ވެސް ހުންނަ މީހެއްކަމަށެވެ. މީގެ އިތުރުން އާލިއާ ބުނީ ރަހާ އާއި ރަންބީރު އެކުގައި ފެނުމުން ވަރަށް އުފާވާކަމަށެވެ.
އާއިލާގެ ދަރިފުޅު ވިހައިގެން ފަސް މަސް ދުވަސް ވީއިރުވެސް އެ ދަރިފުޅުގެ ފޮޓޯއެއް އަދިވެސް އާންމެއް ނުކުރެއެވެ.
ގިނަބަޔަކު އަންނަނީ އެމީހުންގެ ދަރިފުޅުގެ ދެކިލުމަށް އިންތިޒާރުކުރަމުންނެވެ.