ads
ރަންބީރު ކަޕޫރު ރަހާ އާއެކު ކުޑަދޮރެއް ކައިރީގަ އަދި އާލިއާ ބަޓް:
ހަ މަސް ވާއިރު ވެސް ދަރިފުޅުގެ ސިފަ ހާމަކުރަން އާލިއާ ދެކޮޅު ހަދާ ސަބަބު!
ބޮލީވުޑުގައި އެންމެ މަޝްހޫރު ދެމަފިރިންނަކީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރުކަމަށް ބުނުން ވެސް ދޮގަކަށް ނުވާނެއެވެ.

އެ ދެމަފިރިންގެ ވާހަކަ ހޫނުކޮށް ދެކެވެން އެންމެ ފުރަތަމަ ފެށުނީ ކުއްލިއަކަށް 2022 ވަނަ އަހަރު ކައިވެނި ކުރުމުންނެވެ. 

އޭރު އާލިއާ ބަޓްގެ ފޭނުންގެ ތެރެއިން "އޭނާއަށް ހެޔޮއެދޭ މީހުން" ބުނަމުން ދިޔައީ ރަންބީރުގެ މަގުސަދަކީ އާލިއާ ބަޓްގެ ފިލްމީ ކެރިއަރު ހަލާކުކޮށްލުން ކަމަށެވެ. 

ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާލިއާ ބަޓް ބަނޑުބޮޑުކަމަށް ހަބަރު ލިބުނެވެ. މިއާއެކު 2022 ވަނަ އަހަރު ވެގެން ދިޔައީ މި ދެފަރިންގެ "ގޮސިޕް" އަހަރަކަށެވެ. 

ނަމަވެސް އެ ހުރިހާ "ގޮސިޕެއް" ގެ ނިމުން ގެނުވީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް ތުއްތު އަންހެން ދަރިއަކު 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ލިބުނު ހަބަރުންނެވެ. 

ރަހާ ކަޕޫރުގެ ނަމުން ނަންދެވުނު ދަރިފުޅު ދެކިލުމުގެ އުންމީދުގައި ތިބި މީހުންނަށް އެންމެ ފުރަތަމަ ވެސް ލިބުނީ އިންތިޒާރުގެ މެސެޖެކެވެ. އެއީ "ރަހާގެ ފޮޓޯއެއް ދައްކާނީ އޭނާއަށް ހަ މަސް ފުރުމުން" ކަމަށް އާލިއާ ބަޓް އިއުލާނު ކުރުމުންނެވެ.

your imageރަންބީރު އަދި އާލިއާ

އާލިއާގެ ރާގު އަނެއްކާވެސް ބަދަލުވުން:

މަޝްހޫރު ދެ ފަންނާނުންގެ ސެލެބުރިޓީ ދަރިފުޅަށް އަންނަ މޭމަހުގެ 6 ވަނަ ދުވަހު ހަ މަސް ފުރޭނެއެވެ.

މިއާއެކު ނޫސްވެރިން އަވަސްވެ ގަތީ ދަރިފުޅު ފޮޓޯ އާންމު ކުރާނީ ކޮން ދުވަހެއްތޯ ސާފުކުރުމަށެވެ. ދަރިފުޅަށް ހަ މަސް ދުވަސް ކައިރިވާން ފެށުމާއެކު ވެސް އަނެއްކާވެސް އާލިއާ ބަޓްގެ ފަރާތުން ދަރިފުޅުގެ ފޮޓޯ ދެއްކުމާ ގޮތުން ވަނީ "ރަތް" ސިގުނަލެއް ލިބިފައެވެ. 

މިކަމާ ގުޅޭގޮތުން މި ހަފްތާ ތެރޭގައި "އިންޑިއާ ވޯގް" އަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނެފައިވަނީ ދަރިފުޅާއި ގުޅޭގޮތުން ވާހަކަދައްކަން އޭނާއަށް އޭހާ ފަސޭހަ ނޫންކަމަށެވެ. 

"ރަހާގެ މަންމައޭ ކިޔާ ގޮވާތީ ވަރަށް އުފާވޭ. އެކަމަކު އެންމެގެ ލޯތައް ރަހާއަށް މިވަގުތު ހުއްޓޭކަށް ބޭނުމެއް ނޫން،" އާލިއާ ބުންޏެވެ.

your imageއާލިއާ ބަޓް އަދި ރަންބީރު ކަޕޫރު

ރަހާ ދެއްކުމަށް ދެކޮޅު ހަދަނީ ކީއްވެ؟ 

އާލިއާއާއި ރަންބީރުގެ ވާހަކަތައް ހުރިގޮތުން ރަހާއަކީ ސިއްހަތު ރަނަގަޅު ކުއްޖެކެވެ. އަދި ރަހާގެ ސިފައިގައި ރަންބީރު ކަޕޫރާއި އާލިއާ ބަޓް އާއި ވައްތަރުކަމަށް އެ ދެމަފިރިން ދިން އިންޓަވިއުތަކުގައި ވަނީ ބުނެފައެވެ.

ދެން އުފެދޭ ސުވާލަކީ ރާހާ ދެއްކުމަށް އެ ދެމަފިރިން ދެކޮޅު ހަދަނީ ކީއްވެތޯ؟ އެވެ. ރަހާ ގައިގައި އައިބެއް ހުރީތޯ؟ އެވެ.

 

ރަހާގެ ފޮޓޯ ނުނެގުމަށް މަސައްކަތް ނުކުރުމަށް ޕަޕަރާޒީންގެ ފަރާތުން އެ ދެމަފިރިން ވަނީ އެދިފައެވެ. ރަހާގެ ފޮޓޯއެއް ޕަޕަރާޒީންނަށް ދައްކާލާފައެވެ. ޕަޕަރާޒީން ވެސް އެއަށްފަހު ވަނީ ރަހާ ވައްތަރީ އެ ދެމަފިރިންނާކަމަށް ބުނެފައެވެ. އެ ކުއްޖާގެ ގައިގައި އައިބެއް ހުރިކަމަށް އެ މީހުންނެއް ނުބުނެއެވެ. އޭގެ ބަދަލުގައި ދެއްކީ ރަހާގެ ކިއުޓް ވާހަކައެވެ. 

މިހެންކަމުން ރަހާ ދެއްކުމަށް އާލިއާ ދެކޮޅު ހަދާ އަސްލު ސަބަބެއްކަމަށް ބެލެވެނީ ރަހާއަށް އެސްފީނާ ޖެހިދާނެތީއެވެ. ރަހާގެ ފޮޓޯ ދެއްކުމާ ގުޅޭގޮތުން އާލިއާ ބަޓް ދީފައިވާ އިންޓަވިއުތަކުގެ ރާގުން ދޭހަވަނީ މިގޮތަށެވެ.

64%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް