ads
ޔޫކްރެއިން އަންހެނަކު ކުއްޖަކާއެކު
ރަޝިޔާއިން ދިން ހަމަލާގައި ކުޑަކުދިންތަކެއް މަރުވެއްޖެ
ޔޫކްރެއިންގެ ވެރިރަށް ކިއޭވްއަށް މިއަދު ރަޝިޔާއިން ދިން ހަމަލާއެއްގައި ކުޑަކުދިންތަކެއް މަރުވެފައިވާކަމަށް އެގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ރަޝިޔާއިން ވަނީ މިއަދު ޔޫކްރެއިންގެ ވެރިރަށަށް މަތިންދާ ބޯޓު ބޭނުންކޮށްގެން މިސައިލާއި ބޮމުގެ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި 21 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ނަމަވެސް މަރުވި ކުޑަކުދިންގެ ސީދާ އަދަދެއް އަދި ސާފެއްނުވެއެވެ. ނަމަވެސް މަރުވި ކުދިންގެ ތެރޭގައި ދެ އަަހަރުގެ ކުޑަކުއްޖަކާ އެ ކުއްޖާގެ މަންމަވެސް ހިމެނެއެވެ. 

ރަޝިޔާގެ އުދުވާނުތައް އަނެއްކާވެސް ވަރުގަދަކުރަން ފަށާފައިވާއިރު، އދ އިން ވަނީ ރަޝިޔާގެ އަަމަލުތައް ކުށްވެރިކޮށް މިއަދުވެސް ބަޔާނެއް ނެރިފައެވެ. 

މީގެ އިތުރުން ޔޫކްރެއިން ދަނޑުވެރިން އުފައްދާ ކާބޯތަކެތި އެކްސްޕޯޓުކުރުމަށް ރަޝިޔާއިން ހުރަސްއެޅުން ހުއްޓާލުމަށް ގިނަ ގައުމުތަކުން އަންނަނީ ގޮވަމުންނެވެ. އަދި ތުރުކީން ވަނީ ރަޝިޔާއަށް ކާބޯތަކެތި ވެއްދުމަށް ބޭނުންވާ ފައިސާ ރޯލުކުރުމަށް އެހީތެރިވުމަށް ވެސް އެއްބަސްވެފައެވެ. 

ރަޝިޔާއިން ޔޫކްރެއިން އާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ހަނގުރާމައިގައި މީހަތަނަށް 131،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 

38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް