ads
އައިޝްވާރިއާ އަދި އަބީޝޭކް
އައިޝްވާރިއާއަށް މިހާރު އަހަރެންގެ ހުއްދައެއް ބޭނުންނުވާނެ: އަބީޝޭކް
ބޮލީވުޑްގެ މަޝްހޫރު ތަރި އާއިޝްވާރިއާ ރާއީ ބަޗަން އެއްވެސް ކަމެއް ކުރަން އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި، އަބީޝޭކް ބަޗަންގެ އެއްވެސް ހުއްދައެއް މިހާރު ބޭނުންނުވާނެކަމަށް އެނާ ބުނެފިއެވެ.

މިހެން އަބީޝޭކް ބުނީ،  "ޕޮންނީން ސެލްވާން 2" ރިލީޒް ކުރުމާ ގުޅިގެން، އައިޝްވާރިއާއަށް އިތުރު ފުރުސަތުތަކެއް ދޭން އަބީޝޭކް ޖެހޭނެކަމަށް ބުނެ އައިޝްވާރިއާގެ ފޭނުން ޝަކުވާ ކުރަން ފެށުމާއި ގުޅިގެންނެވެ. 

"އައިޝްވާރިއާއަށް އެއްވެސް ކަމެއްގަ ހުއްދައެއް ބޭނުމެއް ނުވާނެ އަޅުގަނޑުގެއެއް. ހުރިހާ ކަމެއްގަވެސް ކުރިއެރުން އެދެން،" އަބީޝޭކް ބުންޏެވެ.


ބޮލީވުޑްގެ ފުންނާބު އުސް ދެތަރިން އަދި ދެމަފިރިންކަމަށްވާ އަބީޝޭކް ބަޗަންއާއި އައިޝްވާރިއާ ރާއީ ބަޗަންއާއި ދެމެދު ބޮޑު މައްސަލަ ޖެހިއްޖެކަމަށް ރިޕޯޓްތައް ވަނީ މިމަހު ބުނެފައެވެ. 

ދާދިފަހުން ނީތާ އަމްބާނީގެ ކަލްޗަރަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށް އައިޝްވާރިޔާ ދިޔައީ އަބީޝެކް ނުލައެވެ. އައިޝްވާރިޔާއާއެކު ދިޔައީ ދަރުފުޅު އާރަދްޔާއެކުއެވެ.

ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ މި އިވެންޓްގެ ފަހުންކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ބްލޮގްތަކުގައި ބުނެފައިވެއެވެ. އަދި ދެ މީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ފިނިކުރަން ދަރިފުޅު އާރަދްޔާ މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކަލްޗަރަށް ސެންޓަރު ހުޅުވުމުގެ އިވެންޓަށް ފަހު އައިޝްވާރިޔާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާންއާއި އައިޝްވާރިޔާގެ ފޮޓޯތައް އެޑިޓްކޮށްގެން ފޭނުން ދަނީ އަނބުރަމުންނެވެ. މިމައްސަލާގައި ދެ ތަރިންގެ ފޭނުންގެ ދެމެދުގައިވެސް ވަނީ މައްސަލަ ހޫނުވެފައެވެ.

46%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް