ads
އާބަންކޯގެ ވޮލީ ޓީމް
އެމްޕީއެލްއާ ދެކޮޅަށް ނިކުންނަން އަރބަންކޯ ވޮލީ ޓީމް ތައްޔާރުވެއްޖެ
މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ އިންޓަ އޮފީސް ވޮލީބޯލް މުބާރާތް ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ވަނީ ކުޅެފައެވެ. ދެވަނަ މެޗުގައި މިރޭ ކްލަބް އަރްބަންކޯ އިން އެމްޕީއެލްއާ ވާދަކުރާނެއެވެ.

ކްލަބް އަރބަންކޯގެ ޓީމުން ވަނީ މި މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން 14 ޕްލޭޔަރުންގެ ޓީމުގައި ރާއްޖޭގައި ވިދާލާ ވޮލީބޯޅަ ކުޅުންތެރިން ވެސް ހިމެނެއެވެ. އޭގެތެރޭގައި ގައުމީ ވޮލީ ބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހަންމަދު، ގައުމީ ޓީމުގެ ސެންޓަރ ބްލޮކަރ ފައިރޫޒް، ބީޗް ވޮލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން އަދި، ބީޗް ވޮލީ ގޯލްޑް މެޑަލިސްޓް އިސްމާއިލް ސާޖިދު ހިމެނެއެވެ. މި ވަރުގަދަ ޓީމުގެ ކޯޗުކަން ކޮށްދެނީ ގައުމީޓީމުގެ ހެޑް ކޯޗް މުހަންމަދު ސާޖިދެވެ.

ގްރޫޕް ސްޓޭޖުގައި ކްލަބް އަރބަންކޯއިން ކުޅެން ހަމަޖެހިފައި ވަނީ 4 މެޗެވެ. އެއީ މިރޭ އެމްޕީއެލް އާ ދެކޮޅަށް ކުޅޭ މެޗް، ބުދަ ދުވަހު އެމްއޭސީއެލްއާ ދެކޮޅަށް ކުޅޭ މެޗު އަދި ބުރާސްފަތި ދުވަހު އެމްޕީއެސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރަށް ހޮނިހިރު ދުވަހު ސްޓެލްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގައެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި، ވާދަވެރި މަޖާ އަދި އެކުވެރި މާހައުލެއް ގާއިމްކޮށް، ގުޅުން ބަދަހިކުރުމަށެވެ. ހުޅުމާލެ އަކީ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް މި ކކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ޒުވާނުން ކުރިއެރުވުމާއި، ކުޅިވަރު ހަރަކާތްތަކަށް ފުރުސަތު ލިބޭނެ ތަނެއްގެ ގޮތުގައި ހުޅުމާލެ ހެދުމަށް މިހާރު ވެސް ވަނީ ގިނަ ކަންތައްތަކެއް ކުރެވިފައެވެ. 

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކުރާ މި މުބާރާތުގެ ޕާޓްނަރއެއްގެ ގޮތުގައި އެއްބާރުލުން ދިނުމަކީ ވެސް އޭގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. މި ނޫންވެސް ގިނަ ކަންތައްތަކެއް މި ކުންފުނުން ކުރަމުން އަންނައިރު،  އޭގެ ތެރޭގައި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވޮލީ ދަނޑުތަކާއި، ބާސްކެޓް އަދި ފުޓްބޯލް ދަނޑުތަކުގެ އިތުރަށް އެކި ކުޅިވަރު ފެސިލިޓީވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް