ads
އެމެރިކާ ޑޮލަރު--
ޑޮލަރުގެ ކޭޝްފްލޯ ދަމަހައްޓަށް ފިޔަވަޅު އެޅުމަށް ޓްރޭޑް ޔޫނިއަނުން ގޮވާލައިފި
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓު ވިޔަ ނުދިނުމަށް ބޭރު ފައިސާގެ މާކެޓު މޮނީޓާކޮށް، ޑޮލަރުގެ ކޭޝްފްލޯ ދަށް ވިޔަ ނުދިނުމަށް އަވަސް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ގޮވާލައިފި އެވެ.

ކޮވިޑް-19 ޖެހިފައިވާ ބަޔަކު ރާއްޖެއިން ފެނުމާއެކު ޓްރޭޑް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ ޗެލެންޖުތަކާ ކުރިމަތިވެ، ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށެވެ.

ސަރުކާރާއި ކަމާ ގުޅޭ ފަރާތްތައް އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، ބޭރު ފައިސާގެ މާކެޓު މޮނީޓާކޮށް، އެމެރިކާ ޑޮލަރުގެ ކޭޝްފްލޯ ދަށްވިޔަ ނުދީ ހިފެހެއްޓުމަށް އެ ޔޫނިއަނުން ގޮވާލާފައި ވެއެވެ.

"އަދި ދައުލަތަށް ދައްކަން ޖެހޭ ޓެކްސާއި، ފީ އާއި އެ ނޫން ވެސް ކްރެޑިޓް ސްކީމްތަކާއި، ލޯނު ޕޭމަންޓް ދެއްކުމުގެ ހާލަތާ ގުޅޭ ލުއި ގޮތްތައް ވަގުތީ ގޮތުން ތައާރަފް ކުރަން ޖެހޭ ކަމަށް މި ޔޫނިއަނުން ދެކެމެވެ،" އެ ބަޔާނުގައި ވެއެވެ. 

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖެއަކީ 99 އިންސައްތަ އިމްޕޯޓް މުދަލަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ބޭރު ފައިސާގެ ކަންކަމުގައި މަރުކަޒީ ބޭންކުގެ ދައުރު މި ދަނޑިވަޅުގައި މުހިއްމު ވާނެ ކަމަށެވެ. 

"... ބޭރު ފައިސާގެ ކަޅު ބާޒާރު ކޮންްރޯލް ކުރާ ފަރާތްތަކާ ކޯޑިނޭޓުކޮށް، ބޭރު ފައިސާގެ ކަޅު ބާޒާރު އިތުރަށް ފުޅާވިޔަ ނުދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ކަމަށް އެ ބަޔާނުގައި ވެއެވެ. 

އޭގެ އިތުރުން ވެސް ޓްރޭޑް ޔޫނިއަނުން ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު އަލުން މުރާޖައާ ކުރުމަށް ވެސް ގޮވާލާފަ އެވެ. އެ ޔޫނިއަނުން ބުނީ އިގްތިސާދުގެ 90 އިންސައްތަ ހިއްސާ ކުރާ ފަތުރުވެރިކަމުގެ ވިޔަފާރިއަށް މި ވައިރަހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް