ads
ސީޖީއެސް ހުރަވީ ކަމިޝަން ކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާއިން ހަދިޔާކުރި ސީޖީއެސް ހުރަވީ ރައީސް ކަމިޝަންކޮށްދެއްވައިފި
އިންޑިއާ ސަރުކާރުން، ދިވެހިރާއްޖެއަށް ހަދިޔާކުރި، އޯފްޝޯ ޕެޓްރޯލް ވެސަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަމިޝަންކޮށްދެއްވައި ހިދުމަތަށް ނެރެދެއްވައިފިއެވެ.

ހުޅުމާލޭ ކޯސްޓްގާޑް ބަނދަރުގައި އޮތް ރައްމިއްޔާތުގައި އުޅަނދުގައި ނެގުމަށް ދިވެހި ގައުމީ ދިދަ، ކޮމާންޑިން އޮފިސަރަށް ހަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ރައީސް ކަޝްފުކޮށްދެއްވި އެވެ. 

މި އުޅަނދުގެ ނަމަކީ "ސީ.ޖީ.އެސް ހުރަވީ"އެވެ. މިއަދު ހިދުމަތަށް ނެރެވުނު މިއުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި، "ސީ.ޖީ.އެސް ހުރަވީ"ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދިން އުޅަދެއްކަމަށް ސަރުކާރުން ބުނެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި، އޯފްޝޯ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭނޑިން ކްރާފްޓް ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގްއެވެ. 

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކުރައްވައި ހާއްސަ ހަނދާނީ ފިލައެއް މާރިޔާ އަޙްމަދު ދީދީގެ ފަރާތުން ރަޖްނަތު ސިންގްއަށް އަރުއްވާފައެވެ.

your imageރައީސް ސީޖީއެސް ހުރަވީ ބައްލަވާލައްވަނީ

އިންޑިއާ ސަރުކާރުން ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާއު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ކުރާމަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކަރުން ބުނެއެވެ.

ސީޖީއެސް ހުރަވީ ކަމިޝަން ކޮށްދެއްވުމަށްފަހު ރައީސް ސޯލިހްވަނީ ހުރަވީ ބައްލަވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް