ads
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ، އަމާން ހިޔާ، ހިންމަފުށީ މަރުކަޒު އުވާލައިފި
ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ވިލިމާލޭ "ކުޑަކުދިންގެ ހިޔާ" އާއި ހުޅުމާލޭ "އަމާން ހިޔާ" އަދި ހިންމަފުށީގައި ހިންގަމުން ގެންދިޔަ "ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" އުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެތަންތަން މިއަދު އުވާލާފައިވަނީ އެތަންތަނުން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ ކަމަށެވެ.

މި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންކަމަށް ރައީސް އޮފީހުން ބުނއެވެ.

ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަދަލު ގެންނަވައި، އެމިނިސްޓްރީގެ ދަށަށް އިތުރު މަސައްކަތްތަކެއްވެސް މިއަދު ވަނީ ހަމަޖައްސަވާފައެވެ.

އެގޮތުން މާލެ ސަރަޙައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު" ގެ ނަމުގައި މަރުކަޒެއް މިއަދު އުފައްދަވާ އެ މަރުކަޒު ހިުންގުން ޖެންޑާ މިނިސްޓްރީގެ ދަށަށް މިއަދު ގެންނެވިއެވެ.

އަދި "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން ރައީސް ވަނީ އިތުރުކުރައްވާފައެވެ.

ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަޙައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމެވެ.

އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ގާއިމުކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް