ads
ޕޮލިސް ޓީމު
ޕޮލިހުންނާ ސިފައިންވެސް މޮޅުވެއްޖެ
އެމްއެންޑީއެފާ ޕޮލިހުންވެސް "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި އެ ޓީމުތަކުން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފިއެވެ.

ގުރޫޕް ބީގެ ފުރަތަމަ މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށްފަ އެވެ. އެއީ 25-20، 25-20 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފަންގެ ޓީމަށް ކުޅޭ ގައުމީ ވޮލީބޯޅަ ޓީމުގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އެވެ.

ޕޮލިހުންގެ ފުރަތަމަ މެޗުގައި އެ ޓީމު މޮޅުވީ ސްޓެލްކޯ އަތުން ތިން ސެޓު އެއް ސެޓުންނެވެ. އެއީ 25-17 އަދި 25-18 26-24 އަދި 25-16 އިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ޓީމަށް ކުޅޭ އިންޑިއާގެ ހިމާންޝޫ ތިޔާގީ އެވެ. ސްޓެލްކޯ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އެމްއޭސީއެލް ބަލިކޮށްފައެވެ.

މިއަދު ވެސް މުބާރާޓުގައި ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު 4:30 ގައި ކުޅޭ މެޗުގައި ގުރޫޕް އޭގެ އެމްއޭސީއެލް އާއި އާބަންކޯ ބައްދަލުކުރާއިރު، ރޭގަނޑު 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް