ads
އަތުލައިގެން މަސްތުވާތަކެތި----ފޮޓޯ: ފުލުހުން
ހުޅުމާލޭން ހައްޔަރުކުރި ނޭޕާލް އަންހެން މީހާގެ ބަންދު އިތުރުކޮށްފި
މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ހައްޔަރު ކުރި ނޭޕާލް އަންހެން މީހާގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

ހުޅުމާލޭން ހައްޔަރު ކުރި ނޭޕާލް އަންހެން މީހާގެ ބަންދަށް އެންމެ ފުރަތަމަ 10 ދުވަސް ޖަހައި، އެ މުއްދަތު މިއަދު ހަމަވުމުން އިތުރު 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނޭޕާލްގެ އަންހެން މީހާއާއެކު ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައިވެއެވެ.

ނޭޕާލު އަންހެން މީހާއަކީ އުމުރުން 26 އަހަރުގެ އަންހެނެކެވެ. ދިވެހި ފިރިހެން މީހާގެ އުމުރަކީ 23 އަހަރެވެ. ދެ މީހުންވެސްވަނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިރިހެން މީހާއަކީ މީގެ ކުރިންވެސް އެކި ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.

މަސްތުވާތަކެއްޗާއެކު ނޭޕާލު އަންހެނަކު ހައްޔަރުކޮށްފައިވާއިރު، މީގެ ދުވަސް ކޮޅެއް ކުރިން ދެ ކިލޯގެ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި އިންޑިޔާ އަންހެނަކުވެސް ހައްޔަރުކޮށްފައި އެބަހުއްޓެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް