ads
ވިނަރެސް ފްލެޓުތައް: 42 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރުނަގައި ތަރުތީބު ކަނޑައެޅިފައިވާ ލިސްޓް ވަނީ އާންމުކޮށްފައި - ފޮޓޯ:އާބަންކޯ
ވިނަރެސް ފްލެޓްގެ ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ގުރުނަގައި ލިސްޓް އާންމުކޮށްފި
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުނަގައި ތަރުތީބު ކަނޑައެޅިފައިވާ ލިސްޓް އާންމުކޮށްފިއެވެ.
Advertisement

އާބަންކޯއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 42 ޕޮއިންޓް ލިބި ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތަކުގެ މެދުގައި ތަރުތީބު ކަނޑައެޅުމަށް ގުރުނެގުމުގެ އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުން ކުރިއަށް ގެންގޮސްފައިވަނީ ޕްލޭނިން މިނިސްޓްރީން މުރާޖާކުރަމުން ދިޔަ އެޕްލިކޭޝަނެއް 42 ޕޮއިންޓާ އެކު އެލިޖިބަލްކަމަށް އެމިނިސްޓްރީން ކަނޑައެޅުމާއި ގުޅިގެން ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ އެކަމުގައި އެންމެ އިންސާފުވެރި ގޮތަކީ 42 ޕޮއިންޓު ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުން ކަމުގައިވާތީ، އެ ގުރުއަތު ނިމުނު އެޕްރީލް މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އާބަންކޯއިން ބުނެފައިވަނީ އިއުލާނާ އެކު ލިސްޓުގައި ހިމެނޭ މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން 42 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ގުރުނެގުމަށްފަހު ތަރުތީބު ކަނޑައެޅިފައިވާ ލިސްޓް އާންމުކުރާ ކަމަށެވެ. ވިނަރެސް އެޕާޓްމަންޓް އިހުތިޔާރުކުރުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނީ އިއުލާނާ އެކު ޝާއިއުކުރެވޭ ލިސްޓުގެ ތަރުތީބުން ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ވިނަރެސް 1،344 ޔުނިޓުގެ ތެރެއިން ލިސްޓްގައިވާ ފަރާތްތަކަށް ޔުނިޓް އިހުތިޔާރު ކުރުމުގެ ފުރުސަތު ދެވިގެންދާނީ ހިޔާ، ސީލައިފް އަދި ގުޅީފަޅު ކެޓެގަރީގެ ފަރާތްތަކުން އިހުތިޔާރުކޮށްފައިވާ ޔުނިޓުތައް އުނިކޮށް ބާކީ ހުރި ޔުނިޓުތަކުން ކަމުގައެވެ. އެ ތިން ކެޓަގަރީގެ ތެރެއިން ހިޔާ އަދި ސީލައިފްގެ މާލީ ގާބިލިއްޔަތުކަން ބެލުމުގެ މަރުހަލާ ކުރިއަށްދާ އެޕްލިކޭޝަންތަކުގެ މާލީ ގާބިލިއްޔަތުކަން ހަމަނުވާ އެޕްލިކޭޝަންތަކުގެ ޔުނިޓުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިސްޓުގައި ބާކީ ތިބޭ ފަރާތްތަކަށް ދެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމަށް އާބަންކޯއިން އެދެއެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް