ads
ރޭކުރި ވިއްސާރާގައި ހެދުނު ފެން ހިއްކުމުގެ މަސައްކަތް ކުރަނީ
އަނެއްކާވެސް މާލެ ފެނުއަޑިއަށް، ސިފައިން ފެން ހިއްކަނީ!
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އެެގޮތުން މިއަދު ހެނދުނު 06:08 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވާއިރު، މިހާތަނަށް ގިޔާސުއްދީން ސުކޫލާއި އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރޭ ފަތިހުން ފެށިގެން ވާރޭވެހި މާލޭގެ ދެކުނުގެ ބޮޑު ބައެއްގައި ވަނީ ފެން ބޮޑުވެފައެވެ. ހާއްސަކޮށް އަމީނީ މަގުގެ ހުޅުނގު ސަރަހައްދާއި ބުރުޒު މަގުގެ ބޮޑުބައެއްގައި ފެންބޮޑުވިއެވެ.

ބޯކޮށް ވާރޭ ވެހުމުން މާލޭގައި ފެންބޮޑުވާ މައްސަލަ އެތައް އަހަރަކަށް ދިގުދެމިގެން ދިޔައިރުވެސް އެކަން ހައްލުކޮށްދިނުމުގެ ގާބިލްކަން އެއްވެސް ސަރުކާރަކަށް ނުލިބުނުކަމަށްބުނެ ގިނަ ބަޔަކު އަންނަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް