އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ސަވާރީ ބޯޓުގެ ހަބަރެއް ނުވެގެން މޯލްޑިވްސް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ބޯޓު ގެއްލިގެން އެމްއާރްސީސީއަށް ރިޕޯޓް ކުރުމުން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އެ ބޯތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑު ދަތުރުފަތުރު ކުރުމުގައި، ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.