ads
ބިރުވެރި މަންޒަރެއް
ޖިންނި އެއްގެ އުނދަގޫޖެހި ގެއަށް ނުވަދެވި 10 އަހަރު
އަދީނާތް ކައުޓް އަކީ ނޭޕާލްގެ ރައްފުށު ސަރަހައްދެއް ކަމަށްވާ ޕަނައުޓީގައި ދިރިއުޅޭ މީހެކެވެ. އެހިސާބުގެ އެހެން މީހުނާވެސް މުޅިން ވަކިން ވަލުތެރޭގައި އޭނާ ދިރިއުޅޭ އެހެން ސަބަބެއް އެބައޮތެވެ.
Advertisement

ދަރިއަކުވެސް އަދި އަނބަކުވެސް ނެތް އަދީނާތް ބުނާގޮތުން އޭނާގެ އުމުރުން 50 އަހަރު ވީފަހުން ކައިވެންޏެއް ކުރިއެވެ. ނަމަވެސް އޭރުވެސް އޭނާގެ ފަހަތުން ނުނެއްޓިގެން އުޅޭ ޖިންނިއެއްގެ އުނދަގުލުގެ ސަބަބުން ކައިވެނި މާ ގިނަ ދުވަހަކު ކުރިއަކަށް ނުގެންދެވުނެވެ.

އެހާ ގިނަ ދުވަސް ވަންދެން އޭނާ މީހަކާ ނުއިނދެ ހުރީވެސް ޖިންނީގެ އުނދަގޫ ފޯރާނެކަން އެނގޭތީއެވެ. ވަރަށް ކުޑައިރު މައިން ބަފައިންވެސް މަރުވެފައިވާތީ އަދީނާތް ދިރިއުޅެމުން އައީ ވަލުތެރޭގައި އެކަނި ކަހަލަ ގޮތަކަށެވެ.

އޭނާ މީހަކާ އިނުމުން ޖިންގީގެ އުނދަގޫ ބޮޑުވިއެވެ. އަނބިމީހާއަށްވެސް ގޯނާކޮށް އެތައް އަނިޔާއެއް ދިނެވެ. ސިހުރުހަދާ އެތައް ބައެއްގެ ކައިރިއަށް ދިއުމުންވެސް އެކަމުން ސަލާމަތް ނުވެވުނެވެ. އެންމެފަހުން ސިހުރުހަދާ ހާމުދުރުން އޭނާއަށް ދިން ލަފައަކީ އަނބިމީހާ ވަރިކުރުމެވެ.

"އަންހެނުންވެސް ބިރުން ހަލާކުވާވަރުވެފަ ހުންނަނީ ދެން އޭނާވެސް ބޭނުމެއް ނުވި އަހަންނާއެކު އުޅޭކަށް، އަނެއްކާ ބާބާއިން ބުނެފި ޖިންނީގެ ކިބައިން ސަލާމަތްވާން ބޭނުމިއްޔާ އަންހެނުން ވަރިކުރަން، ދެން އެކަން ކުރަން ޖެހުނީ" އަދީނާތް ކިޔާދިނެވެ.

އަދީނާތް ބުނިގޮތުން އޭނާގެ އަންހެނުން ވަރިކުރުމުންވެސް ދެން އޭނާ ދިރިއުޅޭ ގެއަށް އޭނާއަށް ވަދެވޭވަރެއް ނުވިއެވެ. މުޅި ގޭގެ ކޮންޓްރޯލް ނަގާފައިވަނީ ޖިންނިއެވެ. ގެއަށް ވަދެއްޖެ ނަމަ އޭނާގެ ބޯ އަނބުރާ ހޮޑުވަލާ، ފާޑުފާޑުގެ އަޑުތައް އިވި އަނިޔާވެރި ކަންކަމާވެސް ދިމާވަނީއެވެ.

އެހެންކަމުން އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ އަދީނާތް ބުނާގޮތުން އޭނާގެ އަމިއްލަ ގެއަށް ނުވަދެވޭތާ 10 އަހަރު ވެއްޖެއެވެ. ގެވެސް އެއްކޮށް ވީރާނާވާން ކައިރިވެއްޖެއެވެ. އޭނާ މިހާރު ދިރިއުޅެނީ ގެ ފެންނަ ހިސާބުގައި ކުޑަ ޖިފުޓިއެއް ހަދައިގެން އެތަނުގައެވެ.

12%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް