ads
އޭޓީއެމް ފެއާ 2018 ގެ ރާއްޖޭގެ ސްޓޯލް/ ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
އޭޓީއެމް ފެއާ ފަސްކޮށްފި
މެދުއިރުމަތީގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފަސްކޮށްފިއެވެ.

އޭޓީއެމް ފެއާ ފަސްކޮށްފައިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނެވެ.

އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް އެ ފެއާ ފަސްކޮށްފައި ވާކަން ރާއްޖެއަށް ވެސް މިހާރު އަންގާފައި ވާއިރު، ދެން މި ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުއެވެ.

މެދުއިރުމަތީގެ ގައުމު ތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު މާކެޓެކެވެ. އޭޓީއެމް ފެއާ ފަސްކުރުމުގެ ސަބަބުން އޭގެ އަސަރު ރާއްޖެ ފަތުރުވެރިކަމަށް ކުރާނެއެވެ.

ކޮންމެ އަހަރަކުވެސް ރާއްޖޭގެ ގިނަ ކުންފުނިތަކެއް އެ ފެއާގައި ބައިވެރިވެފައި ވާއިރު، ފެއާގެ ސަބަބުބް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ފައިދާތަކެއް ވަނީ ކޮށްފައެވެ.

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައި ވާއިރު، ޖެނުއަރީ މަހު އެކަނިވެސް މެދުއިރުމަތީގެ 7،297 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މެދުއިރުމަތީ ގައުމުތަކުގެ ތެރެއިން ޖެނުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ސައުދި އަރަބިއާއިންނެވެ. މިއަހަރުގެ ޖެނުއަރީ މަހު 4,992 ފަތުރުވެރިން ސައުދީން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވާއިރު މިއީ ފާއިތުވި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުން ރާއްޖެއައި 2,162 ފަތުރުވެރިންނަށް ވުރެ 130.9 އިންސައްތަ ގިނަ އަދަދެކެވެ.

އޭޓީއެމް ފެއާ ފަސްކޮށްފައި ވާއިރު، އެ ފެއާ އިންތިޒާމްކުރާ ޔޫއޭއީ އިން މިހާތަނަށް 45 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން އޭޓީއެމް ފެއާ ފަސްކޮށްފައި ވާއިރު، މާޗް މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ އައިޓީބީ ބާލިން ފެއާ ވެސް ވަނީ ކެންސަލްކޮށްލާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް