ads
ހަށި ވިއްކަން ދިޔަ އަންހެނެއް ބިރުން ދުވެ ފިލައިފި
ނައިޖީރިއާގައި ހަށި ވިއްކަން ދިޔަ އަންހެނެއް ބިރުން ފިލައިފި
ނައިޖީރިއާގައި ކައިވެނި ކުރަން އުޅުނު އަންހެނަކަށް ފައިސާ ހުށަހެޅުމުން ހަށިވިއްކަން ގޮސް އެނާއަށް ފެނުނު މަންޒަރުން ބިރުން ދުވެ ފިލާ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

ރިޕޯޓުތަކުގައި ވާގޮތުން މި ހާދިސާ ހިނގީ މީހަކާ އިންނަން އުޅުނު އަންހެންމީހާގެ ތެދުވެރިކަން ޓެސްޓު ކުރުމަށް އެ އަންހެން މީހާ އިންނަން އުޅުނު ފިރިހެން މީހާ ކުޅުނު މޮޅު "ގޭމެއްގެ" ސަބަބުންނެވެ. 

އެގޮތުން މި ފިރިހެން މީހާ ވަނީ އޭނާ އިންނަން އުޅޭ އަންހެން މީހާއަށް އެހެން މީހެއްގެ ނަމުގައި 150،000 ނައިޖީރިއަން ނާއިރާ (4،981 ރުފިޔާ) ހުށަހެޅުމަށް ފަހު ހޮޓަލެއްގެ ރޫމަށް ގެންގޮސްފައެވެ. 

ވީޑިއޯއިން ފެންނަ ގޮތުން އަންހެން މީހާ އެހެން އަންހެނަކާއެކު ހޮޓަލުގެ ކޮޓަރި ތެރެއަށް ގޮސް އެނދުމަތީގައި އޮތީ އޭނާ އިންނަން އުޅޭ ފިރިހެން މީހާ ކަން އެނގުމުން އޭނާ ދުއްވައިގަނެއެވެ. 

އޭނާ ބިރުން ދުވެ ފިލަން މަސައްކަތް ކުރިނަމަވެސް އެ ފިރިހެން މީހާވަނީ އަންހެން މީހާ ގެނެސް އޭނާއަށް ހަޅޭލަވައި، އޭނާއާ ރުޅިވާން ބޭނުންވާކަމަށް ބުނެފައެވެ. 

ވީޑިއޯގައި އަންގެން މީހާ އާދޭސް ކުރާ މަންޒަރުވެސް ފެނެއެވެ. އަދި އެތަނަށް ދިޔައީ އޭނާއެކު ދިޔަ އަނެއް އަންހެން މީހާގެ އެދުމަކަށް ކަމަށް ވެސް ބުނެއެވެ. 

your imageވައިރަލްވެފައިިވާ ވީޑިއޯގެ މަންޒަރެއް

އިންނަން އުޅޭ އަންހެން ކުއްޖާ ޓެސްޓު ކުރުމުގެ ނިޔަތުގައި މިކަން ކުރި ފިރިހެން މީހާއަކީ އެ ކުއްޖާއާ ރައްޓެހިވީއްސުރެ ގައުމުން ބޭރުގައި އުޅޭ މީހެއްކަމަށް ނައިޖީރިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. 

69%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް