ads
އުރުފީ އަދި ރާކީ
ރާކީ ވެސް ނިވާކަން ކުޑަ ހެދުން އަޅާ އުރުފީ ކޮޕީކުރަން ފަށައިފި
އިންޑިއާގެ ޓީވީ ތަރި އަދި ބައެއް ހިންދީ ފިލްމުތަކުން ވެސް ފެނިވާ މަޝްހޫރު ބަތަލާ ރާކީ ސާވަންތު ވެސް ބޮލީވުޑްގެ މަޝްހޫރު ތަރި އުރުފީ ޖާވިދު ގޮތައް ނިވާކަން ކުޑަހެދުން އަޅަންފަށައިފެއެވެ.
Advertisement

މިގޮތުން މި ފަހަކަށް އައިސް އުރުފީއާއި ރާއީ އެކުއެކީގައި ވަރަށް ގިނައިން ވަނީ ފެންނަން ފަށާފައެވެ. އެ ދެ ތަރިން މި ފަހަކުން މާގިނައިން އެކުގައި ފެންނަން ފަށާފައިވަނީ، އުރުފީގެ ނިވާކަން ކަން ކުޑަ ފެޝަންގެ ދިފާއުގައި ރާކީ ވާހަކަ ދެއްކިފަހުންނެވެ. 

މިގޮތުން ރާކީ ބުނެފައިވަނީ އޭނާއާއި އުރުފީ ފަދަ ތަރިންނަށް ބޮލީވުޑުގައި ހަރުލާ ތިބުމަށް ކުރަންޖެހޭ ގިނަ މަސައްކަތަކުގެތެރެއިން އެއްކަމަކީ ތަފާތު ފެޝަންތަކުގެ އަޖުމަ ބެލުންކަމަށެވެ.

މި މޭމުރުމުން ވާހަކަ ދެއްކުމަށްފަހު އޭގެ ދެ ތިން ދުވަސް ފަހުން ރާކީ ވެސް ނިވާކަން ކުޑަ ހެދުމުގައި މަގުމައްޗަށް ނުކުންނަށް ފެށިއެވެ. އަދި އެންމެ ފަހުން ހޯމަ ދުވަހުގެ ރޭ ރާކީއާއި އުރުފީ ފެނުނީ ވަރަށް ބޮޑަށް ނިވާކަން ކުޑަ ހެދުންއަޅައިގެން ކޮންމެވެސް މަސައްކަތެއްގައި ދެ ތަރިން އުޅޭތަނެވެ. 

ނިވާކަން ކުޑަކޮށް އުރުފީ ހެދުން އަޅާތީ ބޮލީވުޑުގެ މަޝްހޫރު ތަރިންވެސް އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ރަންބީރު ކަޕޫރު ފާހަގަކޮށްލެވެއެވެ. އެގޮތުން ދާދިފަހުން ވަނީ އުރުފީއާއި ރަންބީރުގެ ބަހުގެ ހަމަލާތަކެއްވެސް އެކަކު އަނެކަކަށް ބަދަލުކޮށްފައިވެއެވެ.  

ރާކީ އާއި އުރުފީ އެންމެ ފުރަތަމަ މަޝްހޫރު ވެފައިވަނީ ސަލްމާން ހާން ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް" ގެ ތެރެއިންނެވެ. 

މި ދެ ތަރިންނަކީ ވެސް މުސްލިމުންކަމަށް ބުނާ ދެ ތަރިންނެވެ. އެގޮތުން ރާކީ އިސްލާމް ވެފައިވާކަން އިއުލާނު ކުރީ މިއަހަރު ކުރީކޮޅުއެވެ. އުރުފީއަކީ މުސްލިމު އާއިލާއަކަށް އުފަން ކުއްޖެކެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް