ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ޖިންސީ ގޯނާގެ މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރުކޮށްފި
ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ މައްސަލައެއްގައި ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ އެއް މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރުކޮށްފައިވާއިރު، މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ތިންވަނަ މީހަކީ، އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަމަ މި މައްސަލައާ ގުޅިގެން ދެކުނުގެ ރަށަކަށް ނިސްބަތްވާ ދެ މީހަކު ކުރިން ހައްޔަރުކޮށްފައިވެއެވެ.

ވަކިވަކިން ކުރިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، ފަހުން ހައްޔަރު ކުރި މީހާއަށް ދިނީ 15 ދުވަހުގެ މުއްދަތެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރުމާ، ބިރު ދެއްކުމާ އަދި މުދަލަށް ގެއްލުންދިނުމާއި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ދެ މީހުންނަކީ އުމުރުން 27 އަހަރުގެ މީހަކާ އުމުރުން 30 އަހަރުގެ މީހެކެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ތިން މީހުންވެސް މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ފުލުހުންވަނީ ހެއްކާ ގަރީނާ ހުށަހަޅާފައެވެ. މި ތިން ފިރިހެނުންވެސް ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށެވެ.

ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުގައި ދިވެހި ޒުވާން ތިން ފިރިހެނަކު ހައްޔަރުކޮށްފައިވީ ނަމަވެސް މި ހާދިސާތަކުގެ އިތުރު ތަފްސީލެއް ނުލިބެއެވެ. ހައްޔަރުކޮށްފައިވާ ތިން މީހުންނަކީވެސް އެއް މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް