ads
ހުޅުމާލެ ދެވަނަ ފިޔަވަހި
ދެވަނަ ފިޔަވަހި ބީޗުން 13 ބިމެއް ދިވެހިންނަށް ވިއްކަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން 13 ބިމެއް ވިއްކުމަށް އެ ރަށް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

މިއަދު ހުޅުވާލީ ބިން ވިއްކުމުގެ ދެ މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާ ކަމަށްވާ ޝައުގުވެރިކަން ފާޅުކުރުމަށެވެ. ދެވަނަ މަރުހަލާގައި އޮންނާނީ ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަ ބިޑު ކުރުމެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް (https://bids.hdc.mv/) މެދުވެރިކޮށެވެ. ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި 13 ބިންތަކުގެ ތެރޭގައި 1,864 އަކަފޫޓާއި 2,408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000ރ. ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެއިން 13 ބިމެއް ވިއްކުމަށް މިއަދު ހުޅުވާލއިރު 15 ބިމެެއް ވިއްކުމަށް އެޕްރީލް 2023, ގައި އާއި ޑިސެމްބަރު 2021، ގައި 60 ބިމެއް ވިއްކުމަށް ވެސް ހުޅުވާލި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް