ads
ގެވެށި އަނިޔާގެ ޝިކާރައަކަށްވެއްޖެނަމަ ރިޕޯޓްކުރޭ!
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އުތުރުގެ ރަށަކުން ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން އުތުރުގެ ރަށަކުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

މި ފިރިހެން މީހާގެ ނަމާއި އެ ނޫން މައުލޫމާތު ސީއެންއެމަށް ލިބިފައިވީނަމަވެސް އެ މައުލޫމާތު ހާމަކޮށްފައި ނުވަނީ މައްސަލައިގައި ހިމެނޭ އަނިޔާގެ ޝިކާރައަކަށްވީ މީހުންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އުތުރު ރަށެއްގެ ބައްޕައަކުވެސް މިދިޔަ މަހު ތެރޭގައި ހައްޔަރުކޮށްފައިވެއެވެ.

އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖެހިއެވެ. ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ މި ބައްޕަ ހިލާފުވެފައިވާއިރު، އޭނާގެ މައްޗަށް އެ ނޫން ބައިވަރު ތުހުމަތުތަކެއްވެސް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ހުއްދަނެތި ގޯތި ގެދޮރަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމާއި، ވައްކަން ކުރުން ހިމެނެއެވެ.

މި ބައްޕަ ހައްޔަރުކޮށްފައިވަނީ، އޭނާގެ ކުރީގެ އަންހެނުން އަދި ދަރިފުޅުގެ މަންމަ، ބުނެގެން ދަރިފުޅު ގޮވައިގެން މާލެ ދިޔުމަށް ދަރިފުޅު ބަލައި ކުރީގެ އަންހެނުންގެ ގެއަށް ވަނުމުން ކަމަށްވެއެވެ. އެ ގެއަށް ވަތް ކަމަށް ބައްޕަ އިއުތިރާފުވީ ނަމަވެސް އެއްވެސް އެއްޗަކަށް ގެއްލުން ނުދޭ ކަމަށް އޭނާވަނީ ބުނެފައެވެ. އޭނާގެ ބަންދު މުއްދަތު ކޯޓުން ޖަހާފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލަމާތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ ކަމަށް މެޖިސްޓްރޭޓް ނިންމެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް