
މިހާރު އަންނަނީ ސަލްމާންއާއި އައިޝްވާރިއާ ރަށްޓެހިވެގެން އުޅުނު ދުވަސްވަރުގެ ބައެއް ފޮޓޯތައް ވައިރަލްވަމުންނެވެ.
އައިޝް ވާރިއާ އާއި ސަލްމާން ސްޓޭޖެއްގައި ނަށަނީ
މަތީގައިވާ ފޮޓޯއަކީ ހަމަ ގައިމުވެސް މިހާރު ސަލްމާން ހާން އާއި އައިޝްވާރީ ވެސް އެއްވެސް ވަޔަކު އަލުން ބަލަން ބޭނުންވާނެ ފޮޓޯއެއް ނޫނެވެ. ސަބަބަކީ މި ފޮޓޯއަކީ އެ ދެމީހުން ރައްޓެވިގެން އުޅުނުއިރު ސްޓޭޖެއްގައި ނެށުމުގެ ތެރެއިން "ރޮމޭންސް" ކުރަން މަސައްކަތް ކުރާ ފޮޓޯއަަކަށްވާތީއެވެ.
ސަލްމާން އަދި އައިޝްވާރިއާ އެވޯޑެއް ނިންމާފައި ދަނީ
މަތީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ވެސް ސަލްމާން ހާން އަދި އައިޝްވާރިއާ ރަށްޓެހިވެގެން އުޅުނު ޒަމާނުގެ ފޮޓޯއެކެވެ. ނަމަވެސް އެ ފޮޓޯގެ ފަހަތުގައި އައިޝްވާރިއާގެ މިހާރުގެ ފިރިމީހާ އަބީޝޭކް ބަޗަން އިސްޖަހާލައިގެން ހުރި މަންޒަރު ފެނެއެވެ.
ހަމް ދިލް ދޭޗުކޭހޭ ސަނަމް
މި ފޮޓޯއަކީ "ހަމް ދިލް ދޭ ޗުކޭ ހޭ ސަނަމް" ގެ ސެޓުގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ވެސް އައިޝްވާރިއާ ނުހަނު ލޯބިން ސަލްމާންއަށް ބަލަން ހުންނަ މަންޒަރު ފެނެއެވެ.
ސަލްމާން އާއި އައިޝްވާރިއާ ބާއެއްގައި
މި ފޮޓޯއަކީ އެމީހުން ރަށްޓެހިވެގެން އުޅުނުއިރު ޑޭޓަކަށް ގޮސް ބާއެއްގައި މަޑުކޮށްގެން ތިއްބައި ނަގާފައިވާ ފޮޓޯއެކެވެ.
ސަލްމާން އަދި އައިޝްވާރިއާ
މި ފޮޓޯއަކީވެސް އެ ދެމީހުން ރަށްޓެހިވެގެން އުޅުނުއިރު އޮތް ގާތް ގުޅުމާއި ލޯބި ދައްކުވައިދޭ ފޮޓޯއެކެވެ. ނަމަވެސް މިހާރު އައިޝްވާރިއާ ވެސް އަދި ސަލްމާން ވެސް މި ފޮޓޯ އެއްވެސް މީހަކު ބަލަން ނޭދޭނެކަން ޔަގީނެވެ.