ads
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ފޮޓޯ ރައީސް އޮފީސް
އޭޖީ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވިޔަ ނުދޭނަން: އެމްޑީޕީ
މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި، ބަންޑަރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށް، ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ކާމިޔަބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުނެފިއެވެ.

މިމައްސަލާގައި އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެޓާނީ ޖެނެރަލް ރިފްއަތު މަސައްކަތް ކުރެއްވީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ކަމަށާއި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް މައްސަލަ ނިމުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. 

އެމްޑީޕީގެ ފުރިހަމަ އިތުބާރު ރިފްއަތަށް އޮތް ކަމަށާއި އޭނާ މަގާމުން ދުރުކުރަން ކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެ ކަމަށާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް ތިއްބެވީ ރިފްއަތާ އެއްކޮށްކަމަށް އެބަޔާނުގައި ވެއެވެ.

އެ ބަޔާނުގައިވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ފެއިލްވުމުން ސިޔާސީ ބައިބައިވުން އުފެއްދުމަށް ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅި އިދިކޮޅު ޕީޕީއެމް، ޕީއެންސީ، ޖޭޕީ އަދި އެމްއެންޕީގައި މިވަގުތު 13 މެންބަރުން ތިއްބަވާއިރު، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސޮއެއް ނުކުރައްވައެވެ. 

ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުން ފެކްޝަންގައި 12 މެންބަރު ތިއްބަވާއިރު އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފެކްޝަނުން ވެސް ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް