ads
އަބްދު
އަބްދު ފިސްތޯލެއް ގެންގުޅުނު މައްސަލަ ފުލުހުން ބަލަން ފަށައިފި
ބިގް ބޮސް 16 އިން މަގުބޫލުކަން ހޯދި އަބްދުއްރޮޒިކް (އަބްދު) ފިސްތޯލެއް ގެންގުޅު މައްސަލަ މުންބާއީ ފުލުހުން ބަަލަން ފަށައިފިއެވެ.

މި މައްސަލަ ފުލުހުން ބަަލަން ފަށާފައިވަނީ، އޭނާ އަސްލު ފިސްތޯލެއް ހިފައިގެން ހުރި މަންޒަރު ސޯޝަލް މީޑިއާގައި ވައިރަލްވުމާގުޅިގެންނެވެ. 

އަބްދު އަސްލު ފިސްތޯލެއް ގެންގުޅުނީ އޭނާގެ އަމިއްލަ ރެސްޓޯރަންޓު ތެރޭގައެވެ.  

ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަނީ އަބްދުއްރޮޒިކް ފިސްތޯލަ ފިސްތޯލަކާ ކުޅޭ މަންޒަރެވެ. ސްރީޖީތާ ދޭ އާއި އަރްޗަނާ ގައުތަމް ފަދަ އެހެން ސެލެބްރިޓީން ވެސް އޭނާއާއެކު އެވަގުތު ތިބިތަން ފެނެއެވެ. ފިސްތޯލު ގެންގުޅުމުގެ ލައިސަންސު އަބްދު އަތުގައި ނެތަސް އޭނާގެ ބޮޑީގާޑުންއަތުގައި އެފަދަ ލައިސަންސެއް އޮންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޯދަ މަހު އަބްދު ހުރީ ދުބާއީގައެވެ. ނަމަވެސް އޭނާ އަލުން އެނބުރި އިންޑިއާއަށް އައިސްފައިވަނީ އިންޑިއާގައި އޭނާ ވިޔަފާރި ކުރަން ބޭނުންވާކަމަށް ބުނެއެވެ. އަދި އޭނާ އިންޑިއާއަށް އެނބުރި އައި ފަހުން އޭއާރު ރަހުމާން ފަދަ ސެލެބްރިޓީންނާއެކު ޕޫނޭގައި ވަނީ ޝޯއެއް ބާއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް