ads
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
ގެވެށި އަނިޔާގެ މައްސަލައެއްގައި މާލޭން އިންޑިޔާ މީހަކު ހައްޔަރުކޮށްފި
އަނބިމީހާއަށް އަނިޔާކޮށްގެން މާލޭން އިންޑީޔާ މީހަކު ހައްޔަރުކޮށްފިއެވެ.

ގެވެށި އަނިޔާއާ، ބިރު ދެއްކުމާއި މާރާމާރީއާ އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްގެން ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އިންޑީޔާގެ މި ފިރިހެން މީހާ އޭނާގެ އަނބިމީހާއަށް އަނިޔާ ކުރި މަންޒަރު ފެނިފައިވަނީ އަނބިމީހާގެ ދަރިންނެވެ. ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ ފިރިހެން މީހާވަނީ އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ.

މި މައްސަލައިގައި އިންޑީޔާގެ ފިރިހެން މީހާ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވަނީ ގާޒީ އަލީ ނަދީމްއެވެ. ގާޒީ ނިންމަވާފައިވަނީ އިންޑީޔާ މީހާ އަނިޔާ ކުރި މީހާއާއި އެ މަންޒަރު ފެނުނު މީހުންނަށް ބަލާއިރު އިންޑީޔާގެ މީހާގެ މަގާމުގެ ހައިސިއްޔަތުން އެ މީހުންނަށް ނުފޫޒު ފޯރުވިދާނެ ކަމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް އެ މީހުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އިންޑީޔާ މީހާ ބަންދު ކުރަން އަމުރުކުރީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް