ads
ސައުތެމްޓަން ރެލިގޭޓްވީ މެޗުގެ ތެރެއިން
ސައުތެމްޓަން ރެލިގޭޓް ވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން ބަލިވެ، 11 އަހަރަށް ފަހު ސައުތެމްޓަން ޕްރިމިއާ ލީގުން ރެލިގޭޓްވެއްޖެ އެވެ.

ސައުތެމްޓަން ހޮނިހިރު ދުވަހުގެ ރޭ ރެލިގޭޓްވީ އަމިއްލަ ދަނޑުގައި ފުލަމް އަތުން ދެ ލަނޑު ސުން ލަނޑުން ބަލިވުމުންނެވެ. 

ފުލަމް އަށް މި މެޗުގެ ދެ ވަނަ ހާފުގައި ގޯލުތައް ޖަހައިދިނީ ކާލޯސް ވިނީޝިއުސް އާއި އަލެކްސަންޑަ މިޓްރޮވިޗް އެވެ. 

މި މެޗުން ބަލިވެ، ސައުތެމްޓަން އިން އަންނަ ސީޒަންގައި ކުޅޭނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމުން އެންމެ ފަހުން ދެ ވަނަ ޑިވިޝަންގައި ކުޅެފައިވަނީ 2012 ވަނަ އަހަރު އެވެ. އެހެންކަމުން 11 އަހަރަށް ފަހު އަލުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީއެވެ.

ސައުތެމްޓަން ލީގުގެ ފުލުގައި އޮތީ 36 މެޗުން 24 ޕޮއިންޓާ އެކު އެވެ. ލީގުގައި ބާކީ އެ ޓީމުން ކުޅެން އޮތް ދެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އަންނާނެ ތަފާތެއް ނެތެވެ. ސައުތެމްޓަމަށް ބާކީ އޮތީ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗާ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. ފަހު މެޗަކީ ލިވަޕޫލް މެޗެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް