ރިޕޯޓުތައް ބުނާގޮތުން ޕްރިޔަންކާ ޕާޓީ ދޫކޮށް ނުކުމެގެން ދާން ނިންމީ ކުއްލިއަކަށެވެ. އެކަމާ އާޝޯހުވެ ގިނަ ބަޔަކު ޕްރިޔަންކާއާއި ސުވާލު ކުރުމުން ބުނީ އެނާގެ ދަރިފުޅު މޯލްޓީ ޗޯޕްރާ ޖޯނަސް ގޭގައި ބައިންދާފައި އައުމުން އަވަހަށް ދާންޖެހެނީ ކަމަށެވެ.
ނަމަވެސް އެއީ ވަރަށް ހަމަނުޖެހޭ ވާހަކައެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ޕްރިޔަންކާއާއި އެނާގެ ކޮއްކޮއާއި މައްސަލެއް ޖެހިފައިވޭތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދަން ފަށާފައެވެ. ސަބަބަކީ މިއަދު އެނާ ޕާޓީއަށް ނިއުދިއްލީއަށް ދިޔައީ އެނާގެ ފިރިމީހާވެސް ނުލައެވެ.
މިއަދު ކުރިއަށްދިޔަ އެންގޭޖްމަންޓް ހަފްލާއަށް ޕްރިޔަންކާ ދިއްލީއަށް ދިޔައީ އިިއްޔެ އެވެ. ޕްރިޔަންކާ ދިއްލީ އެއާޕޯޓަށް ފެއިބުމާއެކު އެންމެވެސް އަޅައިގަތީ އާއިލީ ބޮޑު ހަފްލާއަށް ފިރިމީހާ ނުގެނައިކަމެވެ.
ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާގެ ފިރިމީހާ ނިކް މި ހަފްލާއަށް ދިއުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އޭނާއަށް ހަފްލާއަށް ނުދެވުނީ ވިޔަފާރީގެ ބައެއް ކަންކަމުގައި މާކުރިން ހަމަޖެހިފައިހުރި އެޕޮއިންޓްމަންޓްތަކެއް މިއަދަށް ހުރުމުންނެވެ.
ނަމަވެސް ފާޑުކިޔާ މީހުން އެކަން ގަބޫލެއް ނުކުރެއެވެ. އެމީހުން ބުނަނީ އަނބިމީހާގެ ކޮއްކޮގެ އެންގޭޖްމަންޓް ހަފްލާއަށް ވުރެ ވިޔަފާރި މުހިއްމު ނުވާނެކަމަށެވެ.