ads
ޕޯލާ ގޮނޫ
އަމިއްލަ ކަކުލުގެ ބައެއް ސްޕެގެޓީއާއެކު ކައިފި
ސްޕެއިންގެ އަންހެނެއް އޭނާގެ ކަކުލުގެ އޮޕަރޭޝަނެއްގައި ކަކުލުން ނެގި ބައެއް ސްޕެގެޓީއާއެކު ކައްކާގެން ކައިފި އެވެ.

އުމުރުން 30 އަހަރުގެ ޕޯލާ ގޮނޫ އަކީ ސްޕެއިންގެ ސޯޝަލް މީޑިއާ އިންފްލުއެންޒާއެކެވެ. އޭނާގެ ޕޯސްޓްތަކާއި ޕޮޑްކާސްޓްތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭއިރު އޭނަ ދާދިފަހުން ވަނީ އަމިއްލަ ކަކުލުގެ ބައެއް ކެއި ކަމަށް ބުނެފައެވެ.

ޕޯލާ ބުނީ ކަކުލުގެ ސާޖަރީއަކަށް ފަހު ނެގި ބައެއް ސްޕެގެޓީއާއެކު ކައްކާގެން ކެއީ އޭނާއާއި އޭނާގެ ލޯބިވެރިޔާއާ ދެމީހުން ނެވެ. މި ވާހަކަތަކަށް ފަހު ގިނަ ބަޔަކުވަނީ އޭނާއަށް ފާޑުވެސް ކިޔާފައެވެ.

ޕޯލާގެ ވާހަކަތަކަށް ފަހު އޭނާއަކީ މިނިކާ މީހެއްކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ޕޯލާގެ އިސްޓާގްރާމްއާއި ޔޫޓިއުބް އެކައުންޓް ތިން މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯކުރެއެވެ. 

8%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް