ads
ފުލުހުންގެ ތަހުގީގަށް ހާޒިރުވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް ޔާމީން (ކ) އަދި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ސަލާމްކުރައްވަނީ.-- ފައިލް ފޮޓޯ: މިހާރު
އާރަށް މައްސަލާގައި ފައިސާ ހޯދަށް ޕީޖީން ހައިކޯޓަށް ހުށަހަޅައިފި
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީން ބުނީ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު މިމައްސަލާގައި ހިމެނޭ ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެދެއްވުމަށް އެދުނު ނަމަވެސް ހުކުމުގައި އެކަމަށް ރިއާއަތްކޮށްފައި ނުވާކަމަށެވެ.

"ނަމަވެސް މައްސަލަ ސާބިތުވާކަމަށް ނިންމަވައި ޙުކުމްކުރެއްވިއިރު މި ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައިނުވެއެވެ. އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީގޮތް ސާފުކޮށްދެއްވުމަށް އެދުމުން، "ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ގެ އަމުރެއް އެކޯޓުން ނެރުއްވާފައިވެއެވެ" - ޕީޖީ

މިމައްސަލާގައި ކުރިމިނަލް ކޯޓުން ފަހުން ނެރުނު އަމުރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓްގައި އިސްތިއުނާފް ކުރުމުން، އެކޯޓުން ވަނީ ދަށުކޯޓްގެ އަމުރު ބާތިލްކޮށްފައެވެ.

ޕީޖީން ބުނީ އާރަށް މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ފައިސާއާމެދު ގޮތެއް ކަނޑައަޅާފައިނުވާތީ އެމައްސަލަ މިމަމުގެ ހަތް ވަނަ ދުވަހު ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުލަތަށް ނަގާދިނުމަށް ޕީޖީން ހައިކޯޓްގައި އެދިފައިވަނީ އާރަށް މައްސަލާގައި ރައީސް ޔާމީން ލޯންޑަ ކުރިކަމަށް ސާބިތުވެފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ކަމަށް ޕީޖީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް