
އާބަންކޯއިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާ ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައި ކަމަށާއި ހުޅުމާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާ ބެހޭ ވުޒާރާތަކާ ގުޅިގެން އެ ކޯޕަރޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ފުލުހުންނާ ގުޅިގެން މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ދުއްވާ އުޅަނދުތަކުގައި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަވާނެ އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލައި މަސައްކަތްތައް ފެށިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި މިހާރަށް ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރުމަށް ވަނީ ނިންމާފައެވެ.
އެ ލައިޓްތައް ހުޅުމާލޭގެ ކާރުބާރު ބޮޑު އަށް ސަރަހައްދެއްގައި ހަރުކުރާނެއެވެ.
މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް މިހާރު ދަނީ ފުލުހުންގެ އިދާރާ އާއެކު މަޝްވަރާކުރެވި އެކަމުގެ މަސައްކަތްތައް ކުރެވެމުންނެވެ.