މިރޭ އިންޓަގްރާމްގައި ކުރި ޕޯސްޓެއްގައި ނަވާ ވަނީ އޭނާގެ ބޭބީ ބަމްޕު ވެސް ދައްކާލައި، ސްކޭން ފޮޓޯތަކާއެކު ޕޯސްޓެއް ކޮށްފައެވެ. އޭނާގެ ފިރިމީހާއާއި މިހާރުގެ އަންހެން ދަރިފުޅާއެކު ކުރި ޕޯސްޓުގައި ބުނެފައިވަނީ އެމީހުންގެ "ނިއު އެޑިޝަން" އަންނަން ކެތް މަދުވެފައި ހުރި ކަމަށެވެ.
އޭނާގެ ބަނޑަށްވީ ކިތައް މަސްކަމެއް އަދި ވިހާ ކުއްޖާގެ ޖިންސެއްވެސް އޭނާ އިއުލާނެއް ނުކުރެއެވެ.
މި ޕޯސްޓާއެކު ގިނަބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ސޭލްސް އެންޑް މާކެޓިން އަދި ޒުމްބާ އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނަވާ ވަނީ މިދިޔަ ރޯދަ މަހާ ދިމާކޮށް ބުރުގާވެސް އަޅާފައެވެ.