ads
ކްރިމިނަލް ކޯޓް
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިންޑިޔާ މީހަކު ހައްޔަރުކޮށްފި
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިންޑިޔާ މީހަކު ހައްޔަރުކޮށްފިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މާލޭން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްގެން މިއަދު ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށްވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަފްސީލެއް ނުލިބެއެވެ. 

މުހުތާރު އަންސާރީ ނަމަކަށް ކިޔާ އިންޑިޔާގެ މި މީހާގެ މައްޗަށް ކުރަނީ ޖިންސީ ފުރައްސާރައާއި ނުރުހުމުގައި ގައިގައި އަތްލުމުގެ ތުހުމަތެވެ. 

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިންޑިޔާ މީހަކު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާއިރު، ދިވެހި އަނބިމީހާއަށް އަނިޔާ ކޮށްގެން މިދިޔަ ހަފްތާގައި އިންޑިޔާ ފިރިހެނަކުވެސް މާލޭން ހައްޔަރުކޮށްފައިވެއެވެ. އަދި ޖިންސީ ގޯނާގެ މައްސަލައެއްގައި މިދިޔަ ހަފްތާގައި ބަންގްލަދޭޝް މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ. 

ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން އުޅެމުން އަންނައިރު، ބިދޭސީންގެ ތެރޭގައި ކުށް ކުރުން ގިނަކަން ފާހަގަ ކުރެވެއެވެ. އަދި މި ފަހުން ޖިންސީ ގޯނާއާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްވެސް ބިދޭސީންގެ ފުށުން ފެންމަތިވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް