ads
ނަޝީދު އަދި މަވޯޓާ ޝަރީފް
މަވޯޓާއާ ދެކޮޅަށް ނަަޝީދުކުރި ދައުވާ ގެންދަވައިފި
މަވޯޓާ ޝަރީފާ ދެކޮޅަށް ރައީސް ނަޝީދު ކޯޓަށް ހުށަހެޅުއްވި އަބުރުގެ ދައުވާގެ މައްސަލަ އަނބުރާ ނަންގަވައިފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާ ރައީސް ނަޝީދު އަނބުރާ ގެންދެވުމުން ކޯޓުން އެ މައްސަލަ ބާތިލުކުރީ ބުދަ ދުވަހުއެވެ

ޝަރީފާއި ދެކޮޅަށް ނަޝީދު އަބުރުގެ ދަޢުވާ ކުރަން ނިންމާފައި ވަނީ ޝަރީފު ކުރެއްވި ޓުވީޓުގައި މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި މަރުގެ ތުހުމަތު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށް ބުނެ ކުރި ޓްވީޓަކާއި ގުޅިގެންނެވެ. މި މައްސަލަ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅުއެވެ.

މައްސަލަ އަނބުރާ ނަޝީދު ގެންދެވީ ކީއްވެގެން ކަމެއް ނޭނގެއެވެ. މައްސަލަ ބާތިލުކޮށް ސިވިލް ކޯޓުން އާއްމު ކުރި ރިޕޯޓުގައި ބުނެފައިވަނީ ނަޝީދު އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ވާހަކަ އަންގާފައިވާ ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި އޮތީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުން ޝަރީފް އަތުން ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް