ads
ކޮކާ-ކޯލާއިން ކެފެއިން އެކުލެވޭ ބުއިމެއް ކަމަށްވާ 'ޗާޖްޑް' ރާއްޖެއަށް ތައާރަފުކުރުން - ފޮޓޯ:ކޮކާ-ކޯލާ
ކޮކާ-ކޯލާއިން ކެފެއިން އެކުލެވޭ ބުއިމެއް ކަމަށްވާ 'ޗާޖްޑް' ތައާރަފުކޮށްފި
ކޮކާ-ކޯލާއިން ކެފެއިން އެކުލެވޭ ބުއިމެއް ކަމަށްވާ 'ޗާޖްޑް' ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
Advertisement

ކޮކާ-ކޯލާއިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އާ ނަމެއް އަނެއްކާވެސް އިތުރުވެއްޖެއެވެ. ކޮކާ-ކޯލާއިން މި ފަހަރު ތައާރަފުކޮށްފައިވަނީ 'ޗާޖްޑް' އެވެ.

ކޮކާ-ކޯލާއިން ބުނީ ކެފެއިން އެކުލެވޭ ބުއިމެއް ކަމަށްވާ ޗާޖްޑްއަކީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށް ކަމުދާނެ ގޮތަށް ތައްޔާރުކޮށްފައިވާ‌،‌ ބެރީގެ ރަހަ އެކުލެވޭ މީރު ބުއިމެއް ކަމަށެވެ. 

ކޮކާ-ކޯލާ ކުންފުނިން ވިއްކާ ތަފާތު ބުއިންތަކުން ކަސްޓަމަރުން އުއްމީދު ކުރާ މީރު ރަހަ އާއެކު ހަރަކާތްތެރިކޮށް ތިބެ، ރާއްޖޭގެ ރީތިކަން ފުރިހަމައަށް ތަޖުރިބާކޮށްލަން ބޭނުންވާ ހަކަތަ ލިއްބައިދޭ ފޯމިއުލާއެއް މި ބުއިމުގައި އެކުލެވިގެންވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
"ޗާޖްޑް ރާއްޖެއަށް ތައާރަފުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުން ދޭހަކޮށްދެނީ އީޖާދީ ވިސްނުންތައް ކުރިއަށް ނެރުމަށް ކުރާ މަސައްކަތް. ކަސްޓަމަރުންނަށް ކެފެއިން އެކުލެވޭ ތަފާތު އަދި މީރު ބުއިމެއް ފޯރުކޮށްދިނުމުގެ އިތުރަށް،‌ އެ މީހުންގެ ހަރަކާތްތެރި ދިރިއުޅުމަށް އިތުރު އާރޯކަމެއް ގެނެސްދިނުން. އަޅުގަނޑުމެންގެ އުންމީދަކީ ޗާޖްޑްގެ ތާޒާ ރަހަ އެންމެނަށްވެސް ތަޖުރިބާކޮށްލެވުން،" ކޮކާ-ކޯލާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވިއެވެ.

ކޮކާ-ކޯލާއިން ބުނެފައިވަނީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ރާއްޖޭން ކަނޑައަޅާފައިވާ އަޒުމާ އެއްގޮތަށް ޗާޖްޑް ބަންދުކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި ސައްތައިންސައްތަ އަލުން ބޭނުންކުރެވޭ އެލުމިނިއަމް ދަޅުގައި ކަމަށެވެ.

ދެމެހެއްޓެނިވި ޕެކޭޖިން ހިޔާރުކޮށްގެން ކޯކާ-ކޯލާއިން އަނެއްކާވެސް ދައްކުވައިދެނީ ކުނި މަދުކުރުމަށާއި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސްތައް މަދުކޮށް ޕްލާސްޓިކް ޕެކޭޖިންގެ ވަށައިގެން ވަށާ ޖެހޭ އިގުތިސޯދީ ވިސްނުމެއް އަށަގެންނެވުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.

ކޮކާ-ކޯލާއިން ބުނި ގޮތުގައި އެ ކުންފުނިން އަންނަނީ ރާއްޖޭގެ މަޝްހޫރު އިންފްލުއެންސަރުންނާއި ސެލެބްރިޓީންނާއި ކޮންޓެންޓް ކްރިއޭޓަރުންނާ ގުޅިގެން ޗާޖްޑް ރާއްޖޭގައި ތައާރަފުކުރި ކުރުން އިތުރަށް ފުޅާކޮށް، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވެސް ކަސްޓަމަރުންނާ ހަމައަށް ވާސިލްވަމުން ކަމުގައެވެ. ޗާޖްޑްއަށް ކަސްޓަމަރުން ޝައުގުވެރިކަން ދެމެހެއްޓުމަށްޓަކައި ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވް އަވޭތައް ހިމެނޭ މާކެޓިން ކެމްޕެއިންތައް ފެށުމަށް ވަނީ ހަމަޖެހިފައިކަމަށް އެ ކުންފުނިން ބުނެއެވެ.

your imageކޮކާ-ކޯލާއިން ކެފެއިން އެކުލެވޭ ބުއިމެއް ކަމަށްވާ 'ޗާޖްޑް' ރާއްޖެއަށް ތައާރަފުކުރުން - ފޮޓޯ:ކޮކާ-ކޯލާ

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ބުއިންތަކުގެ ބާވަތްތައް އިތުރުކުރުމަށްޓަކައި ތަފާތު ގޮތްތައް އަބަދުވެސް ހޯދަން. ޗާޖްޑް ތައާރަފުކުރުމާ އެކު ފެންވަރު ރަނގަޅު އަދި މީރު ބުއިންތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް މުޅިން އާ ހަރުފަތަކަށް މި ގެންދަނީ ކަރުހިއްކުން ފިލުވައިދިނުމުގެ އިތުރުން ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް އުޖާލާކަން ގެނެސްދޭ އީޖާދީ އުފެއްދުންތަކާ އެކު. 
ކޮކާ-ކޯލާއިން ރާއްޖެއަށް ތައާރަފުކޮށްފައިވާ ބުއިންތަކުގެ ލިސްޓަށް އިތުރުވި މި ބުއިމަކީ ދިވެހިންގެ ކަރުހިއްކުން ފިލުވާލައި ތާޒާވެލައި ހިތްވަރު ލިބިގެންދާނެ ބުއިމަކަށް ވާނެ ކަމަށް އުންމީދުކުރަން،" މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ޑެރަސާރީ ވިދާޅުވިއެވެ.

ކޮކާ-ކޯލާއިން ބުނީ ރާއްޖޭގެ ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން މިހާރު ޗާޖްޑް ލިބެން ހުންނާނެ ކަމަށެވެ. ޗާޖްޑް ދަޅެއް ވިއްކަނީ އެންމެ 18 ރުފިޔާގެ ހެޔޮ އަގަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ ޗާޖުކޮށް ރީޗާޖުވެލައިގެން ކެފެއިން އެކުލެވޭ މި އާ ބުއިމާ އެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް އާރޯކަން ގެނައުމަށެވެ.

ޗާޖްޑް އާ ބެހޭ އިތުރު މައުލޫމާތާއި އެންމެ ފަހުގެ ޕްރޮމޯޝަންތައް ފަދަ ކަންކަން ދެނެގަތުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކްގައި @ChargedMaldives ފޮލޯކުރުމަށް ކޮކާ-ކޯލާއިން އެދެއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 137 އަހަރުވަނީ ވެފައެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ އެމްއޭޑަބްލިއުސީ މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީން ވަނީ ކަރުހިއްކުން ފިލުވައިދޭ އަދި ރަހަމީރު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފައެވެ.

މީގެ އިތުރުން އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައްވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށް ގެންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް